ޓްރާންފޯމަރަށް ގެއްލުންދިން މީހާ ސްޓެލްކޯގެ މުވައްޒިފުން ވަނީ އަތުލައިގެންފަ! ޚިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ވީހާއަވަހަކަށް ޚިދުމަތްދޭން މިގެންދަނީ މަސައްކަތްކުރަމުން!: ޙުސައިމް ފަހުމީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޓްރާންފޯމަރަށް ގެއްލުންދިން މީހާ ސްޓެލްކޯގެ މުވައްޒިފުން ވަނީ އަތުލައިގެންފަ! ޚިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ވީހާއަވަހަކަށް ޚިދުމަތްދޭން މިގެންދަނީ މަސައްކަތްކުރަމުން!: ޙުސައިމް ފަހުމީ

ސްޓެލްކޯގެ މުވައްޒަފުން ވަނީ ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު އަތުލައިގަނެފައިކަމަށާއި އެމީހާ ވަނީ ފުލުހުންނާ ޙަވާލުކޮށްފައި ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.  

މި މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައި ކަމަށްވެސް ޙުސައިން ފަހުމީ ވިދާޅުވިއެވެ. އަދި ކަރްންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ވީހާ އަވަހަށް ޚިދުމަތްދޭން ސްޓެލްކޯގެ މުވައްޒިފުން ގެންދަނީ މަސައްކަތްކުރަމުން ކަމަށްވެސް ޙުސައިން ފަހުމީ ވިދާޅުވެފައިވެއެވެ. 

"ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު މި ކުންފުނީގެ މުވައްޒަފުން ވަނީ އަތުލައިގަނެފައި. އަދި މި މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައި.

ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. 

އަދި ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ވަނީ ފުލުހުންނާއި ހަވާލު ކުރެވިފައި." --ޙުސައިން ފަހުމީ

މިއަދު އޮންލައިން