މުފްތީ މެންކުގެ ނަޞޭޙަތެއް!: ދީނަށް ނަބްރުދޭން ބޭނުންނަމަ އެކަމަށް މަސައްކަތްކުރާ އެހެން މީހުންނަށް ދެރަބަހެއް ނުބުނާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
މުފްތީ މެންކުގެ ނަޞޭޙަތެއް!: ދީނަށް ނަބްރުދޭން ބޭނުންނަމަ އެކަމަށް މަސައްކަތްކުރާ އެހެން މީހުންނަށް ދެރަބަހެއް ނުބުނާށެވެ!: މުފްތީ މެންކް

 

ދީނީ ދަރުސް ދެއްވާ ބައެއް ޢިލްމްވެރިން އެހެން ޢިލްމްވެރިންނަށް ފާޑުވިދާޅުވާ އަޑު މަދުން ނަމަވެސް އިވެއެވެ. އެއީ ކޮންކަހަލަ ކަމެއްތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. ތިއައީ މުޅިދުނިޔޭގައިވެސް އޮތް މައްސަލައެކެވެ.

މުފްތީ މެންކުގެ ދަރުސެއް އަޑުއެހުމަށް ލައްކައަކަށްވުރެ ގިނަ މީހުން ޖަމާވުމާއިގުޅިގެން މުފްތީ މެންކަށް ދެންނެވުނު ސުވާލެއްގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ!

"އަހަރެން ދެކޭ ގޮތުގައި އެއީ އެއްވެސް ޙާލެއްގައި އަހަރެންގެ މޮޅުކަމަކުން އަދި މަޝްހޫރުކަމަކުންވެސް ނޫނެވެ. އެމީހުން ޖަމާވީ ﷲ ތަޢާލާޢަށް ލޯބިންނެވެ. ﷲ ތަޢާލާ މަތިވެރިކުރުމަށެވެ.

އަދިވެސް ވިދާޅުވެފައިވެއެވެ.

"އެއްވެސް ޢިލްމުވެރިއަކު އަނެއް ޢިލްމުވެރިޔާ ފަތުވާދޭގޮތް ކޮޕީކުރުމެއްވެސް ނެތެވެ. އެމީހަކު އެމީހެއްގެ ސްޓައިލްގައި މަސައްކަތްކުރަންވީއެވެ. މިސާލަކަށް ޝައިޚް މުޙައްމަދު ހޮބްލޮސްއަށް ބަލާށެވެ! ދަރުސްދޭއިރު ޝައިޚްގެ އަޑުގަދަ ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެއީ އޮސްޓްރޭލިޔާއަށް ނިޞްބަތްވުމާއި ކަމުގަ އަންނަ ޖޯޝް ވަރުގަދަކަމުންނެވެ. ޝައިޚުގެ މަސައްކަތްތަކުން އެދަނީ ބޮޑެތި ކާމިޔާބީތައް ލިބި ދީން ކުރިއަރަމުންނެވެ!"

މީހުން މަތިވެރިކުރައްވަވަނީ ﷲ ތަޢާލާއެވެ. އަދި ތިރިކުރައްވަވަނީ ވެސް ﷲ ތަޢާލާ އެވެ. ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެންފިނަމަ ކިތަންމެ މަޝްހޫރު މީހެއްގެ މަޝްހޫރުކަން މަދު ސިކުންތު ކޮޅެއްގެ ތެރޭގައިވެސް ގެންދަވައިފާނެތެވެ! އެކަން މިދަނީ ތަޖުރިބާކުރަމުންނެވެ!

މީސްތަކުންގެ ލޯބި ލިބިގެން އެދަނީ ﷲ ތަޢާލާއަށާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށްކަން އެނގޭ ސަބަބެއް ބުނަން ހެއްޔެވެ؟ މިސާލަކަށް މަޝްހޫރު ރެސްޓޯރަންޓެއް ނަގާށެވެ! މެކްޑޮނަލްޑް ފަދަ ރެސްޓޯރަންޓެއް ހިތަށް ގެންނާށެވެ! ކާއެއްޗެތި މީރުވެއްޖެނަމަ އެ ތަނުގައި މަސައްކަތްކުރަނީ ކާކުތޯ މެނޭޖަރަކީ ކާކުތޯއެއް ނުބަލާނެއެވެ. ތައްރީފްކުރާނީ މެކްޑޮނަލްޑަށެވެ.

މިހެންވެ ދީނަށް ގޮވައިލުމުގެ މަސައްކަތްކުރާ މީހުންނަށް އަހަރެން އަބަދުވެސް ބުނަމެވެ. ކަލޭމެންނަކީ ﷲ ތަޢާލާގެ ދީން މަތިވެރިކުރަން މަސައްކަތްކުރާ ބައެއް ނަމަ އެމަސައްކަތްކުރާ އެހެން މީހުންނަށް ކުޑައިމީސް ބަހެއް ނުބުނާނެއެވެ. އެހެން މީހަކު ކުރާ މަސައްކަތުން ނަމަވެސް ﷲ ތަޢާލާގެ ދީން މަތިވެރިވާނަމަ އެއީ އުފާކުރަންޖެހޭނެ ކަމެކެވެ. އަނެކާގެ ދަރުސް އަޑުއަހަން ތިމާއަށްވުރެ ގިނަ މީހުންދާތީ ކަންބޮޑުވާނަމަ އެކުރެވެނީ ވަރަށް ބޮޑު ފާފައެކެވެ. ނިޔަތުގައި ވަރަށް ބޮޑު މައްސަލައެއް އެބައުޅެއެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން