ދިރިއުޅުމުގަ މައްސަލަތައް ކުރިމަތިވާނަމަ ބައިވެރިޔާގެ އެކުވެރިން ދެނެގަތުމާ ސޯޝަލްމީޑިއާ ބޭނުންކުރާ ގޮތް ބަލަންވާނެ! އެއީ ފާރަލުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދިރިއުޅުމުގަ މައްސަލަތައް ކުރިމަތިވާނަމަ ބައިވެރިޔާގެ އެކުވެރިން ދެނެގަތުމާ ސޯޝަލްމީޑިއާ ބޭނުންކުރާ ގޮތް ބަލަންވާނެ! އެއީ ފާރަލުމެއް ނޫން!

ޒަވާޖީ ހަޔާތް ފަށައި ވަކިހިސާބަކުން ނުވަތަ އެއްވެސް ހިސާބަކުން މަކަރުހަދަން ފަށައިފިނަމަ ފުރަތަމަ ކަމަކަށް އޮތީ ނަޞޭޙަތްދީ އެކަން ހުއްޓުވަން މަސައްކަތްކުރުމެވެ. އުޅުން އިޞްލާޙްކުރުން އެދި އާދޭސްކުރަންވެސް ފަސްނުޖެހޭށެވެ. 

އެހެންކަމާއިއެކުވެސް މަކަރުހެދުން ހުއްޓާނުލައިފިނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަސްޖެހިގެން ނުވާނެއެވެ. އެގޮތުން އެވާހަކަ ދައްކަންޖެހޭ މީހުންގެ ގާތުގައި ދައްކަންވެސް ވާނެއެވެ. އެމީހުން މެދުވެރިކޮށްވެސް ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރަންވާނެއެވެ. 

މިފަދަ ޙާލަތު ކުރިމަތިވުމުން ބައެއް މީހުން އެފަދަ ވާހަކަތައް ދައްކަން ލަދުގަނެއެވެ. ނަމަވެސް ޢާއިލާއިން ތަޖުރިބާހުރި، އިތުބާރު ހިފޭ މީހުންނަށް ކިޔައިދީ އެމީހުންގެ އެހީތެރިކަން ހޯދަން މަސައްކަތްކުރާށެވެ. އަދި އިތުބާރުހިފޭ ޢިލްމްވެރިންގެ އެހީތެރިކަންވެސް ހޯދާށެވެ. 

މިފަދަ މައްސަލަތައް ކުރިމަތިވާ މީހުންނަށް ބަލާއިރު ގިނައިން މިމައްސަލަ ކުރިމަތިވަނީ ނުބައި އެކުވެރިންގެ ސަބަބުންނާއި ބަރަހަނާ ބަލަން ޝައުޤުވެރިވުމުންނެވެ. ސޯޝަލްމީޑިއާއިން ބައްދަލުވާ ގޮތްނުއެނގޭ މީހުންނާއި ގުޅުން ބަދަހިކުރެވޭތީއެވެ. 

ވީމާ ބައިވެރިޔާ ގުޅިގެން އުޅޭ މީހުން ދެނެގަންނަން މަސައްކަތްކުރާށެވެ. އެއީ ފާރަލުމެއްވެސް ނޫނެވެ. ހަމައެއާއިއެކު ބައިވެރިޔާ ސޯޝަލް މީޑިއާގެ ބޭނުންކުރާގޮތްވެސް ދެނެގަންނަން މަސައްކަތްކުރަންވާނެއެވެ. ކައިވެންޏަށްފަހު ދިރިއުޅުން ސަލާމަތްކުރަން ކުރެވެންހުރި ހުރިހާ ކަމެއް ކުރަން މަސައްކަތްކުރަންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން