ހަމަ އެކަނި ހެނދުނު ކޮފީ ބުއިމަކީ ހިތުގެ ބަލިތައްޖެހި ފުރާނައަށް ނުރައްކާވުން ކުޑަވާ ކަމެއް!: ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ހަމަ އެކަނި ހެނދުނު ކޮފީ ބުއިމަކީ ހިތުގެ ބަލިތައްޖެހި ފުރާނައަށް ނުރައްކާވުން ކުޑަވާ ކަމެއް!: ދިރާސާ

ކޮފީއަކީ އެންމެ ގިނަ ބައަކު ބޭނުންކުރާ އެއް ބުއިމެވެ. ސައިބޯމީހުންގެ ޢަދަދު ގިނަ ނަމަވެސް ބޭނުންކުރެވޭ ޢަދަދުގެ ނިޞްބަތުން ބަލައިފިނަމަ ގިނަ ބައަކު ބޭނުންކުރަނީ ކޮފީއެވެ. އެހެންވެ ކޮފީޢާއިމެދު ދިރާސާތައް އަންނަނީ ކުރެވުމުންނެވެ. 

އެގޮތުން ބައިލައްކައެއްހައި މީހުންގެ ބޭނުންކޮށްގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި 31 އިންސައްތަ މީހުންނަށް ހަމައެކަނި ހެނދުނު ކޮފީ ބުއިމުން ހިތުގެ ބަލިތައްޖެހި ފުރާނައަށް ނުރައްކާވުން ވަޏީ ކުޑަވެފައެވެ.  

ޓުބްލޭން ޔުނިވަރސިޓީން ހެދި މިދިރާސާގައި ބުނެފައިވަނީ މައްސަލައަކަށްވަނީ ކޮފީ ބޯޢަދަދު (ކިތައް ސަނުސާކަން) ނޫންކަމަށާއި މައްސަލައަކަށްވަނީ ކޮފީބޯ ވަޤުތުތައް ކަމެވެ.   

ހަމައެއާއިއެކު ހަވީރުގެ ވަޤުތުތަކުން ފެށިގެން ކޮފީބޯ ގިނަ މީހުންނަށް ނިދުމުގެ މައްސަލަތައް ކުރިމަތިވާކަމާއި އެކަމުގެ ސަބަބުން ޞިއްޙަތަށް ބޮޑެތި މައްސަލަތައް ކުރިމަތިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

- މަޢުލޫމާތު: ޞިއްޙީ ޚަބަރު  

މިދިރާސާއިންވެސް އެނގިގެން މިދަނީ ކޮފީތަކުގައި ރޭގަނޑުގެ ވަޤުތުތައް ބޭކާރުކުރުމުން އެމީހެއްގެ ޞިއްޙަތަށްވެސް ނުރައްކާވާކަމެވެ. އަދި ހިތުގެ ބަލިތައް ޖެހި ފުރާނައަށްވެސް ނުރައްކާވާކަމެވެ.

މިއަދު އޮންލައިން