އެކުވެރިކަން ބާއްވަން ބޭނުން ނުވިނަމަވެސް ޞުލްޙަވެރިނުވެ ތިބޭނަމަ ލިބޭ ގެއްލުމަކީ އެންމެ ބޮޑު ގެއްލުންކަން ޙަދީޘްފުޅުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އެކުވެރިކަން ބާއްވަން ބޭނުން ނުވިނަމަވެސް ޞުލްޙަވެރިނުވެ ތިބޭނަމަ ލިބޭ ގެއްލުމަކީ އެންމެ ބޮޑު ގެއްލުންކަން ޙަދީޘްފުޅުން

އަނެކާ ކުރާ ނުބައި ކަމެއްގެ ސަބަބުން އޭނާ އާއި އކުވެރިކަން ބާއްވަން ބޭނުންނުވާ ޙާލަތަށް ކަންކަން ދެއެވެ. އެއީ ދޭ ގެއްލުމުގެ ނުވަތަ ކުރާ އަނިޔާގެ ބޮޑުކަމުންނެވެ. އެޙާލަތުގައިވެސް ޞުލްޙަނުވެ ދުޝްމިނުންގެ ގޮތުގައި ނުތިބޭށެވެ! ދުޝްމިނުންގެ ގޮތުގައި ތިބޭނަމަ ލިބެން އޮތް ދެރައަކީ އެންމެ ބޮޑު ދެރަކަމަށްވާތީއެވެ. 

ޙަދީޘްފުޅުގައިވަނީ މިފަދައިންނެވެ. 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޡްކުރައްވައިފައި ވެއެވެ. "ކޮންމެ ހޯމަ އަދި ބުރާސްފަތި ދެ ދުވަހު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ﷲ އަށް ޝަރީކުކުރާ މީހެއް ފިޔަވައި އެހެން އެންމެންގެ ފާފަ ފުއްސަވައެވެ. ދެ މީހެއްގެ ދެމެދުގައި ރުޅިވެރިކަމެއް އޮންނަ ދެ މީހުން ފިޔަވައެވެ. ބުނެވޭނެއެވެ. އެ ދެ މީހުން ސުލްހަ ވަންދެން ފާފަ ނުފުއްސަވާ ބަހައްޓާށެވެ."

- ޙަދީޘްގެ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިޘާލަކަށް އަނެކާ ތިބާއަށް ދިން ގެއްލުމަކީ އެކަމުގެ ސަބަބުން ތިބާއަށް އޭނާއާއިއެކުގައި އިތުރަށް ގުޅުން ބޭޢްވެން ނެތް ކަމަކަށްވެސް ވެދާނެއެވެ. އެޙާލަތުގައިވެސް ޢަދާވާތްތެރިކަން ނުބާއްވާށެވެ. ދެމީހުން ޞުލްޙަވާށެވެ. ނޫންނަމަ މިޙަދީޘްފުޅަށް ފެތި އެމިހާކުރާ ހެޔޮ ޢަމަލުތައް ޤަބޫލުފުޅު ނުކުރައްވަވާނެ މީހަކަށްވެދާނެތީއެވެ. 

- ހެޔޮ ނަޞޭޙަތް / މިއަދުނޫސް

 

މިއަދު އޮންލައިން