ސިޙުރާ ޝައިޠޯނުންގެ ނުރައްކާ ވަށާލާފައިވާ މިފަދަ ޒަމާނެއްގަ 2 އިރު މި 3 ސޫރަތް ނުކިޔަވާ ތިބެގެން ނުވާނެ ސަބަބުތަކުގެ ތެރެއިން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ސިޙުރާ ޝައިޠޯނުންގެ ނުރައްކާ ވަށާލާފައިވާ މިފަދަ ޒަމާނެއްގަ 2 އިރު މި 3 ސޫރަތް ނުކިޔަވާ ތިބެގެން ނުވާނެ ސަބަބުތަކުގެ ތެރެއިން-

އަހުރެމެންގެ ވަށައިގެން ހުރި ނުރައްކާތަކުގެ ވާހަކަތައް ދައްކަމުއެވެ. އެކަމަކު އެކަންކަމުން ސަލާމަތްވެ ތިބެން ކުރަން ސުންނަތުން ޘާބިތުވާ ކަންކަން ކުރަން މިދަނީ ފޭލްވަމުންނެވެ. އެކަމުގެ ހިތި ތަޖުރިބާތައް ކުރަންޖެހޭއިރުވެސްމެއެވެ. ވީމާ މިވާހަކަކޮޅަށް ވިސްނައިލަމާ ހިނގާށެވެ! 

މުޢާޛް ބިން ޢަބްދުﷲ (ރޢ) ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ބައްޕާފުޅު ވިދާޅުވިއެވެ. 

"ތިމަންމެން ރަސޫލް () އާއިއެކު ދަތުރެއްގެމަތީގައި ވީމުއެވެ. ދުވަހަށް އިރުއޮއްސުނުއިރު އަހަރެމެން ތިބީ ފެންބޮވައިގެންފައެވެ. އަހަރެމެން އިންތިޒާރުކުރަމުން ގެންދިއައީ ނަމާދުކުރެއްވެވުމަށް ރަސޫލް () ވަޑައިގަންނަވާނެ ވަގުތަކަށެވެ. 

އެހެން ތިއްބައި ވަޑައިގެން އަހުރެންގެ އަތުގައި ހިފައިގެން ގެންދެވި އެވެ. އަދި ޙަދީޘްފުޅު ކުރެއްވެވިއެވެ. "ވކިޔާށެވެ!" އަހުރެން ދެންނެވީމެވެ. ކިޔަންވީ (ނުވަތަ ބުނަންވީ) ކީކޭތޯއެވެ؟ އެގޮތަށް ދެފަހަރު ޙަދީޘްފުޅު ކުރެއްވެވިއެވެ. ދެވަނަ ފަހަރުވެސް ތިމަންކަލޭގެފާނު ހަމަ އެފަދައިން ސުވާލުކުރެއްވެވީމެވެ. 

އެހިނދު ޙަދީޘްފުޅުކުރެއްވެވިއެވެ. "قُلْ هُوَ اللَّهُ أَحَدٌ" ސޫރަތާއި އެސޫރަތުގެ ފަހަތުން އޮތް 2 ސޫރަތް ކިޔަވާށެވެ! (އިޚްލާޞް، ފަލަޤް، ނާސް 3 ސޫރަތް ވިދާޅުވާށެވެ!) ހެނދުނާއި ހަވީރު (ފަތިސް ވަޤުތާއި އިރުއޮއްސޭ ވަގުތު) އެކަމުން ފުދޭނެއެވެ." 

އިތުރު ޙަދީޘްފުޅެއްގައިވެއެވެ. "އެ 3 ސޫރަތް ކިޔެވުމުން ބޭނުންވާ ހުރިހާކަމެއް ޙާޞިލުކުރެވޭނެއެވެ." 

ވީމާ އެނގިގެން މިދަނީ ރައްކައުތެރިކަން ލިބޭނެކަން އެކަންޏެއް ނޫނެވެ. އެމީހާޢަށް ބޭނުންވާ ހުރިހާ ކަމެއްވެސް ލިބިގެންދާނެކަމެވެ. އަދި އެގޮތަށް ރަސޫލް () ޙަދިޘްފޅުކުރެއްވެވުމުން ޞަޙާބީގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވެވީ އެކަން ކުރެއްވެވުން މަތީގައެވެ. 

އަހަރެމެންވެސް މި ހަދީޘްފުޅުގައި ހިފަހައްޓަންވީއެވެ. ޞަޙާބީއަކު ހިއްޕަވާނެ ފެނަށް ބޭނުންފުޅުވެވަޑައިގެން ހުންނަވަނިކޮށް އަތްޕުޅުގައި ހިއްޕަވައިގެން ގެންދަވައި މިފަދައިން ކުރައްވަވާފައިވާ ޙަދީޘްފުޅަކަށް ޢަމަލުކުރުމުން މިއަދުވެސް ހަަމަ އެފަދައިން ކަންކަން ހިންމަވައި ދެއްވަވާނެތެވެ. ބޭނުންވަނީ އިތުބާރުކުރުމާއި އިޚްލާޞްތެރިވުން ހަމަ އެމިނުގައި ތިމާގެ ކިބައިވެސް ބަހައްޓަން މަސައްކަތްކުރުމެވެ.  

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން