ހަށިގަނޑަށް ފައިދާހުރި ކެއުން: "ބީޓްރޫޓް ރޮށި"

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ހަށިގަނޑަށް ފައިދާހުރި ކެއުން: "ބީޓްރޫޓް ރޮށި"

ބީޓްރޫޓް (ރަންގުމޫ) އަކީ އޭގައި ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ ތަރުކާރީއެކެވެ. އެގޮތުން އޭގައި ހިމެނޭ ޑައިޓަރީ ނައިޓްރޭޓް ގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި ލޭ ދައުރުވާ މިންވަރު އިތުރުކޮށްދެއެވެ. އަދި މިނޫންވެސް އެތައް ފައިދާއެއް ބީޓް ރޫޓް ނުވަތަ ރަންގުމޫ އިން ލިބެއެވެ. މި ތަރުކާރީ އެކި ގޮތްގޮތަށް އަހަރެމެންގެ ކެއުމުގައި ބޭނުން ކުރެވިދާނެއެވެ.

"ހަފްތާގެ ރަހަ" ގައި މި ގެނެސްދެނީ "ބީޓްރޫޓް(ރަންގުމޫ) ރޮށި ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި

  • 3 މޭޒުމަތީ ސަމްސާ ބީޓްރޫޓް ޕިއުރީ(އާވިން މަޑުކުރުމަށްފަހު)
  • ދެއިނގިލިކުރިން ހިފޭވަރުގެ މުގުރި ދިރި
  • 6 މޭޒުމަތީ ސަމްސާ ގޮދަންފުށް
  • 1/2 ސައިސަމްސާ ޒައިތޫނި ތެޔޮ

ތައްޔާރުކުރާނެ ގޮތް

  • ބީޓްރޫޓް ޕިއުރީ،ފުށް،ތެޔޮ އަދި ދިރިކޮޅު އެއްކޮށްލުމަށްފަހު ރަގަޅަށް ބޮޑެލާ
  • ފުއްގަޑު މާ ހިކިނަމަ ފެންފޮދެއް އަޅައި، އަދި ފުއްގަޑު ދިޔާވާނަމަ ކުޑަ ފުއްކޮޅެއް އަޅާލާ.
  • ރޮށި ފިހުމަށްޓަކައި ގުޅަވަށާލާ
  • ތުނިކޮން ދެމުމަށްފަހު ރޮށި ފިހެލާ

މި ރެސިޕީގައި ހިމެނޭ ބާވަތްތަކުގައި ހިމެނޭ ފައިދާ

  • ހަކަތަ- 189 ކލ
  • ޕްރޮޓީން- 5.3 ގ
  • ފެޓް- 2.8 ގ
  • ޕޮޓޭސިއަމް- 99 މގ

 

- ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

މިއަދު އޮންލައިން