އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގުމުން މަޑުނުކޮށްދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. 

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ކެއަރ ޕްލަސް ފިހާރަ ކައިރީގައި އިއްޔެގެ ވަގުތެއްގައެވެ. މި އެކްސިޑެންޓުގައި، ހިނގާފައި ދިޔަ 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލުން ޖެހި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. 

ސައިކަލު ދުއްވި މީހާ އެކްސިޑެންޓުވުމުން ސައިކަލު ދޫކޮށްލުމަށްފަހު ވަނީ ފިލާފައެވެ. އިއްޔެގެ ވަގުތެއްގައި އެ މީހާ ހޯދައި ވަނީ ހައްޔަރުކޮށްފައިވެއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (27 އ) އެވެ. 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން