އާސަންދައިން ޔޫއޭއީގައި ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އާސަންދައިން ޔޫއޭއީގައި ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

އާސަންދަ މެދުވެރިކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެއެވެ. މިކަން އިއުލާނުކުރަމުން އާސަންދައިން ބުނީ، ފަސްޓް ޑިގްރީ ޑޯނަރުން ނުލިބޭ ފަރާތްތަކަށް މި ފުރުސަތު ލިބޭނެ ކަމަށެވެ.

އާސަންދައިން ބުނެފައިވަނީ، ޔޫއޭއީގައި މުސްލިމުންނާއި ދިވެހިންނަށް ކިޑްނީ ޑޯނޭޓްކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން ތައިލެންޑުންވެސް ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

އާސަންދައިން އިތުރަށް ބުނެފައިވަނީ، މި ފުރުސަތާ ގުޅިގެން ހިނގާ ޚަރަދުތައް ހަމަޖެހޭނީ އާސަންދައިގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި މި އައު ފުރުސަތާއެކު ގިނަ ބަޔަކަށް އުއްމީދު ލިބިގެންދާނެކަމަށް ބެލެވޭ ކަމަށްވެސް އާސަންދައިން ފާހަގަކޮށްފައިވެއެވެ.

މި އައު އިންތިޒާމަކީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ ގިނަ ދިވެހިންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ޞިއްޙީ ދާއިރާގެ މާހިރުން ދެކެއެވެ. ޚާއްޞަކޮށް ޢާއިލާގެ ތެރެއިން ކިޑްނީ ޑޯނަރުން ނުލިބޭ ފަރާތްތަކަށް މިއީ ވަރަށް ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ.

ޔޫއޭއީއާއި ތައިލެންޑުން ބޭސްފަރުވާގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ.

މިއަދު އޮންލައިން