އިޒްރޭލުން ފަލަސްޠީނަށް ދިން ގެއްލުންތަކަށް ފުރިހަމަ ބަދަލުދީ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެ އިންސާނީ އެހީތެރިކަން މިހާރުން މިހާރަށް ފޯރުކޮށްދޭން ރައީސް ޑރ. މުޢިއްޒު ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިޒްރޭލުން ފަލަސްޠީނަށް ދިން ގެއްލުންތަކަށް ފުރިހަމަ ބަދަލުދީ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެ އިންސާނީ އެހީތެރިކަން މިހާރުން މިހާރަށް ފޯރުކޮށްދޭން ރައީސް ޑރ. މުޢިއްޒު ގޮވާލައްވައިފި

ޣައްޒާގައި 15 މަސްދުވަހުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައަށްފަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ވާހަކަ އަޑުއިވުމުން އަޅުގަނޑުމެންގެ ހިތްތަކަށް ލުއިކަމެއް ލިބިއްޖެއެވެ. 

މި އެއްބަސްވުމަށް މަގުފަހިކޮށްދިން ޤައުމުތަކުން ކުރި މަސައްކަތްތުގެ އަގުވަޒަންކޮށް ރާއްޖެއިން ޝުކުރު އަދާކުރަމެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރާކަން ޔަޤީންކުރުމާއި ގެދޮރު ގެއްލިފައިވާ މީހުންނަށް އެނބުރި ގައުމަށް ދިއުމުގެ ފުރުޞަތު ދިނުމާއި، އިންސާނީ އެހީތެރިކަން ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢަށް އިލްތިމާސް ކުރަމެވެ. 

އިސްރާއީލުން ފަލަސްތީނަށް ދިން ގެއްލުންތަކަށް އިޒްރޭލުން ބަދަލު ދިނުމަށް ރާއްޖއިން ގޮވާލަމެވެ.  އަދި އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނަށް ލިބުނު ގެއްލުން ތަކުން އަރައިގަތުމަށާއި ފަލަސްތީނަށް އަލުން ބިނާކުރުމަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން އިލްތިމާސްކުރަމެވެ. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި އެކްާސްޕޯސްޓުން

މިއަދު އޮންލައިން