3 ކުއްޖަކު ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡުންނަށް! މާޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
3 ކުއްޖަކު ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡުންނަށް! މާޝާ ﷲ

3 ކުއްޖަކު ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡްކަމުގެ އިމްތިހާން މިމަހު ފުރިހަމަކޮށްފިއެވެ. 

1 ޒާލިފް މަދީޙް، ހިޔާވަހި / ޅ. ނައިފަރު (12 އަހަރު)

2 އާމިނަތު ޢިލްމާ ޠަލްޙަތު، މަ. ރިހިރާޅު / ކ.މާލެ (17 އަހަރު)

3 ޒަލަފް ބިން ނާފިޢު، ޝާދީވިލާ / އދ. މަހިބަދޫ (12 އަހަރު) 

ސަނަދު ޙާޞިލްކުރުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވަނީ 3 ޙާފިޡުންނަށް ތަހުނިޔާ ވިދާޅުވެ އެކުދިންގެ މަސައްކަތަށް ތަޢްރީފްކުރައްވައިފައެވެ.  

"ޤުރްއާން ހިތުދަސްކޮށް، ޒާލިފް މަދީޙް ( ހިޔާވަހި.ޅ ނައިފަރު ) ވަނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙާފިޡުން އިމްތިޙާނުކުރާ ކޮމެޓީއަށް އެއްވެސް ކުށަކާނުލައި ހިތުން ޤުރުއާން ކިޔައިދީފަ. الحمد لله." 

"ކުޑަކުދިން ގިނަ ޢަދަދަކަށް ޤުރުއާން ހިތު ދަސްކުރަމުންދާތީ އުފާވަން.. ޒުވާން ޚަޠީބުންނާއި ޒުވާން އިމާމުންނާއި ޒުވާން ޙާފިޒުންނަކީ ރާއްޖޭގެ އިސްލާމީ މުސްތަޤުބަލ!"

--ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު . 

https://x.com/Mohamedshaheem1/status/1879559779200475412

 

https://x.com/Mohamedshaheem1/status/1879552798389621233

 

މިއަދު އޮންލައިން