މަޤްބޫލް ޢުޒުރެއް ނެތި އެއްދާންކުރަން ދެކޮޅުހަދާ ބައިވެރިއަކާއެކު ހުރުމެއް ނެތް! ވަރިވުމުގެ ޙައްޤުވެސް ވަރިކުރުމުގެ ޙައްޤުވެސް ލިބިގެންވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
މަޤްބޫލް ޢުޒުރެއް ނެތި އެއްދާންކުރަން ދެކޮޅުހަދާ ބައިވެރިއަކާއެކު ހުރުމެއް ނެތް! ވަރިވުމުގެ ޙައްޤުވެސް ވަރިކުރުމުގެ ޙައްޤުވެސް ލިބިގެންވާ!

ތަންކޮޅެއް ކުރީގެ ޒަމާންތަކުގައި މައްސަލައަކަސްވެފައި އޮންނަނީ ކައިވެނި ނުކުރެވިގެން އެއްދާން ނުކުރެވި ތިބެންޖެހުމެވެ. މިހާރު މައްސަލައަކަށްވެގެން މިއުޅެނީ ކައިވެނިކުރެވުނަސް ބައިވެރިޔާ އާއިއެކު އެއްދާންކުރުމުގެ މައްސަލައެވެ.  

ބައެއް އަނބިން ބުނަނީ އެމީހުންގެ ފިރިން އެމީހުންނާއިއެކު އެއްދާންކުރަން ދެކޮޅުހަދާކަމަށެވެ. އަދި އެކުގައި އެއްދާން ނުކުރަންވެގެން ގެއަށް އަންނަނީވެސް އަނބިން ނިދާފަހުން ކަމަށެވެ. މެންދަމުން އަލިވާފަހުން ކަމަށެވެ. އެހެންވެ އަނިބިން އުފައްދާ ސުވާލަކީ މިޙާލަތުގައި ވަރިވުން ހުއްދަވާނެތޯއެވެ. 

ޖަވާބަކީ އެއްދާންކުރުމާއި ދެމަފިރިކަމުގެ ގުޅުން ރަނގަޅު ގޮތުގައި ނުބާއްވާނަމަ ވަރިވުން ހުއްދައެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތެވެ. ދީން އެކަން މަނައެއް ނުކުރެއެވެ.  

ދެން ބައެއް ފިރިންވެސް މިބާވަތުގެ ޝަކުވާތައް ކުރެއެވެ. އެއްދާންކުރަން އެދުމުން އަނބިން ދެކޮޅުހަދާކަމުގެ ކަމުގެ ޝަކުވާއެވެ.  

"ދެމަފިރިންކުރެ ކޮންމެ މީހަކު ވެސް އަނެކާ ޖިމާޢުވުމަށް އެދުމުން މަޤުބޫލު އުޒުރެއް ނެތް ނަމަ އެކަމަށް އިޖާބަދޭން ޖެހޭނެއެވެ. އެފަދަ އުޒުރެއް ނެތި ފިރިމީހާ އެ ކަންތަކުން އެއްކިބާވާ ނަމަ، ވަރިއަށް އެދުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެންވެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން