ކައިވެނި ނުކުރެވި ލަސްވާތީ ކަންބޮޑުނުވާށެވެ! އެކަނި މަޑުކޮށްލަން ޖެހުމަށްވުރެ ނުބައި ބައިވެރިއަކު ލިބިއްޖެނަމަ ލިބޭނެ ދެރަ މާބޮޑެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކައިވެނި ނުކުރެވި ލަސްވާތީ ކަންބޮޑުނުވާށެވެ! އެކަނި މަޑުކޮށްލަން ޖެހުމަށްވުރެ ނުބައި ބައިވެރިއަކު ލިބިއްޖެނަމަ ލިބޭނެ ދެރަ މާބޮޑެވެ!

ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅޭތަން ފެންނަ އެއްކަމަކީ ކައިވެނި ނުކުރެވި ލަސްވުމެވެ. ނަމަވެސް އެއީ ކަންބޮދުވާންޖެހެންވީ ކަމެއް ނޫނެވެ. 

މިގޮތަށް ވިސްނާށެވެ! އެކަނި މަޑުކޮށްލަން ޖެހުނަސް އަދި މުޅި ޢުމުރު އެކަނި ހޭދަކުރަންޖެހުނަސް އެކަނި އުޅެންޖެހިގެން މަރުވި މީހެއްގެ ޥާހަކަ އަޑުއިވިފައެއް ނެތެވެ. ނަމަވެސް ކޮންމެ ދުވަހަކުހެން އަޑުއަހަންޖެހޭ އެއް ވާހަކައަކީ ނުބައި ބައިވެރިއަކު ލިބުނީތީ ޖެހުނު މަސައްލަތަކުގައި މީހުންނަށް ބޮޑެތި ގެއްލުންތައް ލިބޭ ވާހަކައާއި ބައެއް މީހުންނަށް އެކަމުގެ ސަބަބުން ދުނިޔެ ދޫކުރަންޖެހޭ ވާހަކައެވެ. 

ކައިވެނިކުރާ ޢުމުރަށް އެޅުމުން ބައިވެރިއަކު ހޯދަން މަސައްކަތްކުރާށެވެ. ނަމަވެސް ޢަބުރުވެރިކަމާއި އެކުގައެވެ. ނުލިބި ލަސްވާނަމަ އެއްވެސް މީހަކަށް އުނދަގޫނުކޮށް އެކަނި ދިރިއުޅެން މަސައްކަތްކުރާށެވެ. އެމީހަކަށް ހިތްވަރު ލިބޭނެއެވެ. އަދި ކައިވެނިކުރާނެ ބައިވެރިއަކުވެސް ލިބޭނެއެވެ. 

އަހުރެން ވަރަށް ގިނައިން ބުނަމެވެ. "ނުބައި ބައިވެރިއަކާއިއެކު ދުވަސްތައް ހޭދަކުރަން ވަޤުތުތައް ބޭކާރުނުކުރާށެވެ. ޢުމުރުގައި އޮންނަނީ ވަރަށް ކުރު މުއްދަތެކެވެ. ވީމާ ޢުމުރުގެ ދުވަސްކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން މަސައްކަތްކުރާށެވެ!"

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން