ނަމަނަމަ ޤަބޫލުނުކުރާތި! ޙަދީޘް ފޮތްތަކުން ފެންނަން ނެތް ޙަދީޘެއް ޖިންނިންނަކަށްވެސް ނޭނގޭނެ! ސިޙުރުވެރިން ހަދާ ބޮޑެތި ދޮގުތައް ޤަބޫލުނުކުރާތި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ނަމަނަމަ ޤަބޫލުނުކުރާތި! ޙަދީޘް ފޮތްތަކުން ފެންނަން ނެތް ޙަދީޘެއް ޖިންނިންނަކަށްވެސް ނޭނގޭނެ! ސިޙުރުވެރިން ހަދާ ބޮޑެތި ދޮގުތައް ޤަބޫލުނުކުރާތި!: މުފްތީ މެންކް

ބައެއް މީހުން ޙަދީޘްފުޅުގައިވެޔޭ ކިޔައިގެން ވާހަކަ ދައްކާފަ ބުނަނީ ކޮންމެވެސް މީހަކަށް ފެނުނު ހުވަފެނެއްގެ ވާހަކަ. އެ ޙަދީޘްފުޅު އެނގުނީ ހުވަފެނުގަ ކަމަށް! ކޮންމެވެސް މީހަކަށް ހުވަފެނުން ފެނިގެން ކަމަށް! ދެން އަޅުގަނޑުގެ ސުވާލަކީ މިބާވަތުގެ ވާހަކަތައް ޤަބޫލުކުރަންވާނެތޯއޭ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ  

ﷲ ތަޢާލާ ވަނީ އިސްލާމް ދީން ފުރިހަމަކުރައްވަވައި ނިންމަވައިފައެވެ. ކީރިތި ޤުރްއާނަށް އާޔަތެއް އިތުރެއް ނުކުރައްވަވާނެތެވެ. އަދި ރަސޫލް ދުނިޔެ ދޫކުރައްވަވައި ސުވަރުގެވަޑައިގަތުމަށްފަހު ޙަދީޘްފުޅެއްވެސް އިތުރު ނުކުރައްވަވާ ހުއްޓެވެ. އެނޫން ގޮތަކަށް އެކަން އޮވެއްޖެނަމަ އަބަދުވެސް ދާނީ ދީނުގެ ކަންކަން ބަދަލުވަމުންނެވެ. ދުވަހަކުވެސް ފުރިހަމަވެ ނުނިމޭނެއެވެ.  

ބައެއް މީހުން އެމީހުންނަށް ހުވަފެނުގައި ޙަދީޘްފުޅެއް ލިބުނު ކަމަށް ބުނެފާނެއެވެ. އަނެއްބައަކު ޖިންނިއެއް މެދުވެރިވެގެން ލިބުނު ކަމަށް ބުނެފާނެއެވެ. މިފަދަ އެއްވެސް ވާހަކައެއް ޤަބޫލު ނުކުރާށެވެ. އެއިރުން އެދެވެނީ އިމުން ބޭރުވެގެންނެވެ.  

އެހެނީ އިސްލާމް ދީން ބާވައިލައްވަވައި ފުރިހަމަކުރައްވަވާފައިވާ ކަމަށް ﷲ ތަޢާލާ ވަނީ ކީރިތި ޤްރުއާނުގައި ވަހީ ކުރައްވަވައިފައެވެ. ރަސޫލް () ވަނީ އެކަން އެނގިވަޑައިގެންފިކަމަށް ޞަހާބީންގެ އަރިހުން ހެކިބަސް ހޯއްދަވައިފައެވެ. އަދި އަހަރެމެން މިތިބީ އެކަންކަން ފުރިހަމައަށް ޤަބޫލުކޮށްގެންނެވެ. 

ވީމާ މީހަކު ތިމަންނައަށް ހުވަފެނުގައި މިވެނިކަމެއް ފެނިއްޖެ ކަމަށް ނުވަތަ މިވެނި ގޮތަކުން ޙަދީޘްފުޅެއް އެނގިއްޖެ ކަމަށް ބުނުމަކުން ޤަބޫލުކޮށްގެން ނުވާނެއެވެ. އެއް ގޮތަކަށްވެސް އެފަދަ ކަމަކަށް އަމަލުކޮށްގެން ނުވާނެއެވެ. އެފަދަ ކަންކަން ކުރާނަމަ އަބަދުވެސް ދީނަށް ދާނީ ކަންތައްތަކެއް އިތުރުވަމުންނެވެ. ކަންތައްތަކެއް އުނިވަމުންވެސް ދާނެއެވެ. އިސްލާމް ދީނަށް އުނި އިތުރު ގެނައުމުގެ ބާރު އެއްވެސް މީހަކަށް ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ. ފުރަތަމަވެސް މިބަޔާންކުރީ އެކަމުގެ ދަލީލެވެ.

އަހަރެންނާއި ބައްދަލުވި މީހަކު ބުނީ އޭނާ އާއިއެކުގައި ޖިންނިއެއްވާކަމަށާއި އަދި އެއީ ޞަހާބީއެއް ކަމަށެވެ. އަދި އެ ޖިންނިއަކީ ވަރަށް ގިނަ ޞަޙާބީންނާއިއެކުގައި އުޅެފައިވާ ޖިންނިއެއް ކަމަށެވެ. އަދި އަހަރެން ބޭނުންނަމަ މަދީނާގައި ހުރި ކަދުރު ތާޒާ ކަމާއިއެކު ވަގުތުން ގެނެސްދީފާނެ ކަމަށްވެސް ބުންޏެވެ.  

އެކަމަކާއި އަހަރެން ދެކޮޅެއްވެސް ނުހަދަމެވެ. ޖިންނި ޝައިޠާނުންވާކަމާއި ޖިންނި ޝައިޠާނުން މެދުވެރިކޮށް ކަންކަން ކުރުވިދާނެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ. އަދި އަހަރެން ބުނީ ޖިންނީގެ ކިބައިން އެދޭ އެއްވެސް ކަމެއް ނެތް ކަމަށާއި ހަމައެކަނި ﷲ ތަޢާލާއިން ފުދޭ ކަމަށެވެ.  

ނަމަވެސް އޭނާ ދެއްކި ވާހަކައިން އެއްކަމަކަށް އަހަރެން ދެކޮޅު ހަދައި އިންކާރުކުރީމެވެ. އެއީ އަހަރެމެންނަށް ފެންނަން ނެތް ޙަދީޘްފުޅުތައް ޖިންނި މެދުވެރިވެގެން އޭނާއަށް ލިބެމުންދާ ކަމަށް ބުނުމުންނެވެ. ކޮންމެ މީހަކު ބުނި ނަމަވެސް އެއީ ޤަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ. އެހެންވެ އަހަރެން އޭނާއަށް ބުނީމެވެ. ޖިންނި ދައްކާ އެއްވެސް ވާހަކައެއް، ޖިންނި ބުނާ އެންމެ ބަހެއްވެސް ޤަބޫލު ނުކުރާށެވެ. އެއީ ދޮގުހަދާ ބައެކެވެ.  

ސިހުރުވެރިން ހަދާ ދޮގުތަކަށް އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. އެމީހުން ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުކޮށްފިނަމަ އީމާންކަމުން ބޭރުވެގެން ހިނގައިދާނެކަމަށް ބިރުވެތިވާށެވެ! ޝިރުކުރުމުގެތެރެއަށް ވެއްޓިނުގަންނާށެވެ!

 

މުފްތީ މެނކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން