އުރީދޫގެ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ފުރައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
އުރީދޫގެ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ފުރައިފި!

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު ލިބުނު 2 ކަސްޓަމަރުން މެރަތަންއަށް ދިޔުމަށްޓަކައި މިއަދު ދޯހާއަށް ފުރައިފިއެވެ.

މިކަމާގުޅިގެން އުރީދޫއިން ބުނެފައިވަނީ 17 ވަނަ ދުވަހު ދޯހާގައި ކުރިއަށްދާ ދޯހާ މެރެތަން އަށް ފުރީ ކަސްޓަމަރުންގެ ލަކީ ޑްރޯއިން ހޮވުނު މުހައްމަދު އަޒުހަދު އަހުމަދު އަދި ތާރިގު މުހައްމަދު ރަޝީދެވެ. އަދި އުރީދޫ ސްޓާފުންގެ މެދުގައި ނެގުނު ލަކީޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އަދި ހުސައިން ފަރާޒު މުހައްމަދެވެ.

ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް ހޯދައިފައިވާ ދޯހާ މެރެތަންގައި، މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15000ށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެއެވެ. ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް  އާއެކު ދޯހާ މެރެތަންގައި ދުވެގެން އެހެން މަގުބޫލު މެރެތަންތަކަށް ދިޔުމަށް ކޮލިފައި ވާނެއެވެ.

އުރީދޫގެ ފަރާތުން ދޯހާ މެރެތަންގައި ބައިވެރިވާ ކަސްޓަމަރުންނާއި ސްޓާފުންނަށް އެކުންފުނިން ވަނީ ކާމިޔާބީއަށް އެދިފައެވެ.  

މިއަދު އޮންލައިން