ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް މާދަމާހެނދުނު މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް މާދަމާހެނދުނު މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަނީ

ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްޓަކައި މާދަމާ ހެނދުނު މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ. 

ސްޓެލްކޯއިން އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މާދަމާ 17 ޖެނުއަރީ ވާ ހުކުރު ދުވަހުގެ ހެނދުނު 06:00 އާއި 0:30 އާ ދެމެދު މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ މި ސަރަޙައްދުންތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ. އަދި މި މަސައްކަތަކީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން