ޙައިޟުވެރިއަކަށް މައްޔިތަކު ހިނެވިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޙައިޟުވެރިއަކަށް މައްޔިތަކު ހިނެވިދާނެތަ؟

ސުވާލު- ޙައިޟުވެރިޔަކު، މައްޔިތަކު ހިނެވުމުގެ ޙުކުމަކީ ކޮބާ؟

ޖަވާބު- އެއީ ހުއްދަކަމެކެވެ. މައްޔިތަކު ހިނަވާ މީހާއީ ޠަހާރަތުގެ މަތީގައި ހުރި މީހަކަށްވުމަކީ އެހިނެއިން ޞައްޙަވާ ޝަރުޠެއް ނޫނެވެ. ކީރިތި ޤުރުއާނުގެ އެއްވެސް އާޔަތެއްގައި އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެއްވެސް ޙަދީޘެއްގައި އެކަމަށް ދަލީލެއް އައިސްފައިނުވެއެވެ. ހަމައެފަދައިން ޖުނުބުވެރިޔަކަށްވެސް މައްޔިތަކު ހިނެވިދާނެއެވެ.

ޝާފިޢި މަޛުހަބުގެ ފިޤުހު ފޮތެއް ކަމުގައިވާ ތުޙްފަތުލް މުޙްޖާޖުގައި އައިސްފައިވެއެވެ.

ويغسل الجنب والحائض الميت بلا كراهة لأنهما طاهران.

ޖުނުބުވެރިޔާއާއި ޙައިޟުވެރިޔާއަށްވެސް މައްޔިތާ ހިނެވިދާނެއެވެ. އެއީ މަކްރޫހަކަމެއް ނޫނެވެ. (ޙަރާމްކަމެއް ނޫނެވެ) ސަބަބަކީ އެ ދެމީހުންނަކީވެސް ޠާހިރު ދެމީހުންނެވެ.

ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީއާ ސުވާލު ކުރެވުނުވެ.

ޙައިޟުވެފައިވާ އަންހެނަކަށް މައްޔިތަކު ހިނަވައި ކަފުންކުރުން ހުއްދަވެގެން ވޭ ހެއްޔެވެ؟

ޖަވާބު ދެއްވާފައިވެއެވެ.

"ޙައިޟުވެފައިވާ އަންހެނަކަށް މައްޔިތަކު ހިނަވައި ކަފުންކުރުން ހުއްދަވެގެން ވެއެވެ. އެކަމަކު ފިރިހެނުންގެ ތެރެއިން އޭނާއަށް ހިނެވުން ހުއްދަވެގެންވަނީ އޭނާގެ ފިރިމީހާ އެކަންޏެވެ. ޙައިޟުވެފައިހުރުމަކީ މައްޔިތުން ހިނެވުން މަނާވާ ސަބަބެއް ނޫނެވެ." فتاوى اللجنة الدائمة للبحوث العلمية والإفتاء” (8/369)

–ޝައިޚް މުޙައްމަދު ޝާފިޢު

މަރްޖިޢު

تحفة المحتاج في شرح المنهاج-أحمد بن محمد بن علي بن حجر الهيتمي

https://islamqa.info/ar/answers/105380

މިއަދު އޮންލައިން