އެއްވެސް މީހަކީ އަބަދު މިސްކިތުގައި ނުވަތަ މުސައްލަ މަތީގައި އިނދެ އަޅުކަންކުރެވޭނެ މީހެއް ނޫނެވެ. ނަމަވެސް ކޮންމެ ޟީހަކަށްވެސް އެމީހާގެ ވަޤުތުތައް ބޭކާރުނުކޮށް އަގުހުރި ގޮތުގައި ހިފިދާނެއެވެ. ތިމާއަށް ދެދުނިޔޭގައިވެސް ފައިދާކުރާނެ، ﷲ ތަޢާގެ ރުހިވޮޑިގަތުން ލިބޭނެ ކަންކަން ކުރަން ސަމާލުކަން ދެވިޑާނެއެވެ. ތިމާއަށް ދެދުނިޔޭގައިވެސް ފައިދާ ނުކުރާނެ ކަންކަން ނުކޮށް ހުރެވިދާނެއެވެ. އެއިރުން އެމީހަކަށް އެހުރެވެނީ ހަމަ އަޅުކަން ކުރުންމަތީގައެވެ.
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގއި ވަޤުތަކީވެސް ﷲ ތަޢާލާގެ މަޚްލޫޤެވެ. އަދި އެއީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތެކެވެ. އެނީޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުން ޘަވާބު ދެއްވަވާނެއެވެ. ބޭކާރުކުރުމަކީ ކުރެވޭ ﷲާފައެކެވެ. ވީމާ އަބަދުވެސް ކުރަންވީ ތިމާއަށް ދެދުނިޔެއިން ވެސް ފައިޑާކުރާނެ ކަންކަމެވެ.
ޝައިޚް ޝާފިޢުގެ ބަސްފުޅު:
ގޭމް ކުޅުމަކީ ވަގުތު ބޭކާރުވާ ކަމެކެވެ. އަދި އެއީ ދުނިޔޭގައިވެސް އާޚިރަތުގައިވެސް އެއްވެސް ފައިދާއެއް ކުރާ ކަމެއް ނޫނެވެ. ގޭމް ކުޅުމަށް ދުނިޔޭގެ މި ކުރު ޙަޔާތުގެ އަގުހުރި ވަޤުތުތައް ބޭކާރު ކޮށްލުމުގެ ބަދަލުގައި ކޮންމެވެސް ފައިދާހުރި ކަމެއްގައި އެ ވަޤުތުތައް ހޭދަކުރުމަށް ނަޞީޙަތްތެރިވަމެވެ. އިން ޝާ ﷲ
"ޖަންނަތަށް ގޮއްސަ ގޭމުކުޅޭނީ. މާދަމާ ޤިޔާމަތްދުވަހުން އަހަރެމެން އެންމެ ބޮޑަށް ހިތާމަކުރާނީ ދުނިޔެމަތީގައި ބޭކާރު ގޮތުގައި ހޭދަކުރެވުނު ވަޤުތުތަކާމެދު. ފުރިހަމަ ޞިއްޙަތާއި، ޒުވާންކަމާއި، ވަޤުތަކީ އަބަދު ދެމިހުންނަނިވި ނިޢުމަތްތަކެއް ނޫން. ވަޤުތު ފާއިތުވުމުގެ ކުރިން ފުރުޞަތުގެ ބޭނުން ހިއްޕަވާ."
--ޝައިޚް މުޙައްމަދު ޝާފިޢު