ނަމާދުން ލިބެންވާ ފުރިހަމަ ޘަވާބު ލިބެން އެދޭމީހާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއްކަންތައް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ނަމާދުން ލިބެންވާ ފުރިހަމަ ޘަވާބު ލިބެން އެދޭމީހާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއްކަންތައް!: މުފްތީ މެންކް

އަހުރެމެން އެބަ ނަމާދުކުރަމުއެވެ. އެހެނަސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ނަމާދުކުރަން މަސައްކަތްކުރެވޭ ހެއްޔެވެ؟ ތިމާކުރާ ނަމާދަކީ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭ ނަމާދަކަށް ހަދަން އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟

ކޮންމެ މީހަކަށް ކަމެއް ކޮށްދިނަސް އެކަމުން ފައިދާކުރާނީ ރަނގަޅު ފެންވަރުގައި އެކަމެއް ކުރުމުންނެވެ. ނަމާދަކީ ތިމާއަށްޓަކައި ތިމާކުރާ ކަމެކެވެ. ނަމާދުކުރުމުގެ ފައިދާ އެމީހަކަށް ލިބެން އޮތީ ކުރެވުނު އެންމެ ފުރިހަމައަކަށް ނަމާދުކޮށްގެންނެވެ. ސަމާލުކަން ދެވުނު އެންމެ ބޮޑަކަށް ސަމާލުކަންދީގެން ނަމާދުކުރުމުންނެވެ.  

ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ނަމާދުކުރަން އެދޭމީހާއަށް ތިރީގައިވާ ލިޔުމުން ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. އިން ޝާ ﷲ 

"އުއްމުލްޤްރްއާން" މިއީ ހުރިހާ މުސްލިމުންވެސް ވަރަށް ގިނައިން އަޑުއަހާ ނަމަކެވެ. ނަމަވެސް އެ ބުނަނީ ކީކޭކަން ނުއެނގޭ އެތައް މިލިއަން މުސްލިމުން ތިބިކަން އެއީ ހިތާމަހުރި ކަމެކެވެ. ވީމާ ނުއެނގޭ މީހުން ދަސްކުރާށެވެ!   

"އުއްމުލްޤްރްއާން" އެވެ ބުނެވޭ ބަހުގެ މާނައަކީ ކީރިތި ޤްރްއާނުގެ މަންމައެވެ. މިނަން ދެވިފައިވަނީ ކީރިތި ޤްރްއާނުގެ ފުރަތަމަ ސޫރަތަށެވެ. ސޫރަތުލްފާތިހާ (އަލްހަމްދު)އަށެވެ. އެސޫރަތަށް ކީރިތި ޤްރްއާނުގެ ހުރިހާ ސޫރަތްތަކުގެ މަންމަކަމުގައި ވެސް ބުނެވެއެވެ.  

ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި އަހަރެމެން އެ ސޫރަތް އެބަކިޔަވަމުއެވެ. ފަރުޟު ނަމާދެއް ނަމަވެސް އަދި ސުންނަތް ނަމާދެއް ނަމަވެސް މެއެވެ. އެ ސޫރަތާއި ނުލައި ނަމާދު ފުރިހަމައެއް ނުވާނެއެވެ.  

މިދަރުސް އަޑުއަހަން އެއްވެ މިތިބަ މީހުންގެ ތެރެއިން ތަޖުވީދުމަގުން އަލްހަމްދު ކިޔަވަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެ ސޫރަތުގައި ވަނީ ކިތައް އާޔަތްތޯ ސުވާލުކޮށްފިނަމަ ނުގުނައި ޖަވާބުދެވޭނީ ކިތައް މީހުންނަށްބާވައެވެ! އަދި އެންމެ 6 ނުވަތަ 7 އާޔަތުގެ މާނަ އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ 

އަލްޙަމްދުގައި 7 އާޔަތް ހަމަވާނީ ބިސްމި އާއިއެކުގައެވެ. އާޔަތްތައް އެހައިމެ ކުރެވެ. ނަމާދަށް ފުރިހަމަކަން ލިބޭނީ އަލްޙަމްދުގެ މާނަވެސް އެނގިގެންނެވެ. ނަމަވެސް މިއީ މިއަދު އަހަރެމެންގެ ހާލު ހުރިގޮތެވެ. އިޞްލާޙްކުރުން އޮތީ ހަމަ އަހަރެމެންގެ އަތްމަތީގައެވެ. އަހަރެމެން ކުރާ ނަމާދުތައް ނަމާދަކަށްވާނީ ﷲ ތަޢާލާ އެ ނަމާދުތައް ޤަބޫލުފުޅު ކުރެއްވެވުމުންނެވެ. ނަމާދުގައި ކިޔަންޖެހޭ ތަކެތީގެ މާނަ ނުއެނގި ނަމާދަކަށްވާނެ ގޮތަށް ނަމާދުކުރާނީ ކިހިނަކުންހެއްޔެވެ؟  

އިމާމް މީހާ ޤުރްއާނުން ކިޔަވާ ހުރިހައި އާޔަތްތަކުގެ މާނަ ނުއެނގިދާނެއެވެ. އެހާލަތުގައި ބޭކާރު ކަންކަމަށް ސަމާލުކަން ނުދީ ކަނުލައި އަޑުއަހާށެވެ! އެންމެ ކުޑަމިނުން އަލްޙަމްދާއި ކުރު ސޫރަތްތަކުގެ މާނަ ދަސްކުރާށެވެ! ނަމާދު ފުރިހަމަ ގޮތުގައި ކުރެވޭނީ އެއިރުންނެވެ.  

ދުނިޔަވީ ޙަޔާތަށް ބެލި ނަމަވެސް މަންމަ އަކީ އެމީހަކު އެންމެ އިހްތިރާމް ކުރަން ޖެހޭ މީހާއެވެ. އެންމެ ބޮޑަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭ މީހާއެވެ. ނަމަވެސް އެމީހާގެ ފަރުވާ ކުޑަކަމުން އެމީހަކަށް އެމީހެއްގެ މަންމަ އަކީ ކާކުކަން ނުއެނގޭނަމަ އެއީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟

  

 -މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން