ދިރާސާކޮށްފަ ނިންޖާމެދު ސައިންސްވެރިން މިދައްކާ ވާހަކަ ނިކަން އަޑުއަހާބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދިރާސާކޮށްފަ ނިންޖާމެދު ސައިންސްވެރިން މިދައްކާ ވާހަކަ ނިކަން އަޑުއަހާބަލަ!

އަނެއްކާވެސް މިދައްކަނީ ސައިންސްވެރިން ކުރި ދިރާސާއެއްގެ ޥާހަކައެވެ. އެމީހުން ބުނަނީ ސިކުނޑިއަށް އެންމެ ފައިދާހުރި ނިންޖެއް ލިބެނީ ރޭގަނޑުގެ 10 އަކުން 2 އަށް ކަމަށެވެ. ހަމަ އެއާއިއެކު ރޭގަނޑުގެ 12 ގެ ކުރިން 1 ގަޑިއިރު ނިދިއްޖެނަމަ އެނޫން ވަޤުތެއްގައި 2 ގަޑިއިރު ނިދުމާއި އެއްވަރުކަމަށް އެބަ ބުނެއެވެ. 

އަދި ހަމަ އެމީހުން ބުނެއެވެ. މެންދަމު 2 ގެ ފަހުން ނިދާ ނިދުމުން ކުރާ ފައިދާ ވަރަށް ކުޑައެވެ. އަދިވެސް އެބަ ބުނެއެވެ. ރޭގަނޑުގެ 10 އަކުން ފަތިހު 4 ޖަހަންދެން، 6 ގަޑިއިރު ނިދުމުން 8 ގަޑިއިރު ނިދިކަމުގެ ފައިދާކުރާނެއެވެ. އިތުރަށް ތާޒާވެލަން ބޭނުންވާނަމަ މެންދުރުގެ ފަހުގެ ވަޤުތެއްގައި 30 މިނިޓްއިރު ނިދައިލުމުން ނިދި ފުރިހަމަވާނެއެވެ. 

ސައިންސްވެރިން މިފަދަ ވާހަކަތައް ދެއްކީމާ ގިނަ ބައަކު ސަމާލުކަންދެއެވެ. ޤަބޫލުކުރެއެވެ. މިވާހަކަތަކަކީ މުސްލިމުންނަށް އެންމެ ކުރިންސުރެ އެނގޭ ވާހަކަތަކެކެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން މާކުރިންސުރެ އެނގެން ހުރި ކަންކަމެވެ. ސުވާލަކީ ޤަބޫލުކުރަން އަހުރެމެންނަށް އުނދަގޫވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ 

މިވީ ކިހިނަކުން ހެއްޔެވެ؟ ރޭގަނޑު 3 ބައަށް ބަހައި ފަހުބައިގައި ތެދުވެ ރޭޢަޅުކަންކުރަން ހިތްވަރުދިނީ ނޫންހެއްޔެވެ؟ ފަހުބައި ފެށޭނީ 2 ޖެހުމުންނެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ރޭގަނޑުގެ ވަޤުތުތައް ބޭކާރުނުކުރާށެވެ! ތިބާގެ ޞިއްހަތަށް ފައިދާކުރަން އޮތީވެސް އަވަހަށް ނިދައިގެންކަމަށް މިހާރު އެބުނަނީ ސައިންސްވެރިންނެވެ. އެމީހުން ޔަޤީންކޮށް އެދިނީ ޙަޑީޘްފުޅުތަކުގެ ތެދުކަމެވެ. ދެން އޮތީ އަވަހަށް ނިދައި އަވަހަށް ހޭލައި ރޭއަޅުކަމުން މިނަވަރެއް ނަމަވެސް ކުރުމާއި ފަތިސްނަމާދުކުރުމެެވެ. ދުނިޔެއާއި އާޚިރަތް ލިބުން ވަނީ އެކަމާއި ގުޅި ލާމެހިފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން