ހިތާމަތައް ކުރިމަތިވާއިރު ﷲ ތަޢާލާ އެމީހަކާއެކު ވޮޑިގެންވާނަމަ ކަންބޮޑުވާންނުޖެހި އެކަމަކުން އަރައިގަނެވޭނެ! މިއޮތީ އެކަމަށް އޮތް މަގު އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހިތާމަތައް ކުރިމަތިވާއިރު ﷲ ތަޢާލާ އެމީހަކާއެކު ވޮޑިގެންވާނަމަ ކަންބޮޑުވާންނުޖެހި އެކަމަކުން އަރައިގަނެވޭނެ! މިއޮތީ އެކަމަށް އޮތް މަގު އިން ޝާ ﷲ: މުފްތީ މެންކް

އެއްވެސް މީހަކު ﷲ ތަޢާލާ ޢާއި ކުއްތަންވުމަށް މަސައްކަތްކުރާނަމަ އެއަށްވުރެ ބޮޑަށް ﷲ ތަޢާލާ އެމީހަކާ ކުއްތަންވެ ވޮޑިގަންނަވައެވެ. ވީމާ އެކަމަށް މަސައްކަތްކުރާ ކޮންމެ މީހަކާއިއެކުވެސް ﷲ ތަޢާލާ ވޮޑިގެންވާނެއެވެ. އޮތީ އެކަމަށް އެދިގެން އެމީހަކަށް މަސައްކަތްކުރަން ކެރުނު ވަރެކެވެ. 

ޙަދީޘްފުޅުގައިވަނީ އުފާވެރިކަމުގެ ދުވަސްތަކުގައި ތިބާ ﷲ ތަޢާލާ އާއިއެކުގައިވުމަށެވެ. އެއިރުން އުފާވެރިކަމުގެ ދުވަސްތަކުގައި ﷲ ތަޢާލާ އާއިއެކު ވޮޑިގެންވާނެ ކަމަށެވެ. ވީމާ އަހަރެމެން މަސައްކަތް ކުރަމުން ގެންދަންވީ ތިމާ އާއިއެކު އަބަދުވެސް ﷲ ތަޢާލާ ވޮޑިގެންވާނެ މަގުން ޢަމަލުތައް ކުރަމުން ގެންދިއުމަށެވެ.

އުފާވެރިކަމުގައި ހުންނަން ލިބޭ ވަޤުތުތަކުގައި ﷲ ތަޢާލާއަށް ޝުކުރުވެރިވާ އަޅަކު ކަމުގައިވާށެވެ. ހިތާމަތަކާއި ކުރިމަތިވުމުން ކެތްތެރިވެލާށެވެ. ދާދި އަވަހަށް ހިތާމަތައް ފިލުއްވަވައި އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ.

އުފާވެރިކަމުގައި ހުންނަން ލިބޭ ދުވަސްތަކުގައި ޝުކުރުވެރިވުމުގެ ގޮތުން ޛިކުރުކުރުން ގިނަކުރާށެވެ. ހިތާމަތައް ކުރިމަތިވުމުން އެކަންކަން ފިލުއްވަވައި ދެއްވެވުން އެދިގެންވެސް ޛިކުރުކުރުން ކުރިއަށްވުރެވެސް ގިނަކޮށްލާށެވެ. ފުރިހަމަ މުއްމިނުންގެ ގޮތަކީ މިއީއެވެ.

ފުރިހަމަ މުއުމިނެއް ނަމަ އުފާވެރިކަމުގެ ދުވަސްތަކުގައިވެސް ހުންނާނީ އުފަލުންނެވެ. ހިތާމައިގެ ދުވަސްތަކުގައިވެސް ހުންނާނީ އުފަލުންނެވެ. ސަބަބަކީ އުފާވެރިކަމާއި ހިތްދަތިކަންވެސް ކުރިމަތި ކުރައްވަވަނީ ހަމަ ﷲ ތަޢާލާކަން އެމީހަކަށް ޤަބޫލުކުރެވޭނެއެވެ. ވީމާ ކަންބޮޑުވެ މޫނުހެދުން ފަދަ ކަންކަމެއް ނުކުރާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން