ގޮހޮރުގެ ކެންސަރުޖެހުމުން ދުރުހެލިކޮށްދީ އަދި ޖެހުމުގެ ފުރުޞަތު ބޮޑުވާ 2 ބާވަތް- އަންގައިދިނީ އިސްލާމް ދީނުގެ ފުރިހަމަކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ގޮހޮރުގެ ކެންސަރުޖެހުމުން ދުރުހެލިކޮށްދީ އަދި ޖެހުމުގެ ފުރުޞަތު ބޮޑުވާ 2 ބާވަތް- އަންގައިދިނީ އިސްލާމް ދީނުގެ ފުރިހަމަކަން-

ގޮހޮރަށް ކެންސަރުޖެހެން މެދުވެރިވާ ސަބަބުތައް ދިރާސާ ކުރުމަށްފަހު ހާމަކުރި ނަތީޖާއިން އެނގިގެންދިއަ އެއްކަމަކީ އިސްލާމް ދީނުގެ މަތިވެރިކަމެވެ. ޙަރާމް ތަކެތި ކައިބޮއި ހެދުމުން ޞިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމެވެ. 

އިސްލާމް ދީނުގައި ބަނގުރާ ޙަރާމްކުރައްވަވާފައި އޮތުމުން އެކަމަށް ނުރުހި ފާޑުކިޔައެވެ. ނަމަވެސް ސައިންސްވެރިންގެ ހޯދުންތަކުން މިއަދު އެނގިގެން މިދިއައީ ކޮންކަމެއް ހެއްޔެވެ؟ އެއްގަމުމަހާއި ބަނގުރަލުގެ ސަބަބުން ގޮހޮރަށް ކެންސަރުޖެހުމުގެ ފުރުޞަތު ބޮޑުވެގެންދާކަމެވެ. 

ބަނގުރާ ޙަރާމްކުރެއްވެވީ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ. އިންސާނުންނަށް ފައިދާކުރާނެ ކަންކަމާއި ގެއްލުން ލިބޭނެ ކަންކަން ސައިންސްވެރިންނަށް އަދިވެސް މިއުޅެނީ ނުހޯދިގެންނެވެ. ހޯދޭވަރަކުން އެނގި ޔަޤީންވަމުން މިދަނީ ޤުރްއާނުގެ ތެދުކަމެވެ. 

ހަމަ ޤައިމުވެސް މީގެ 1400 އަހަރުކުރިން މިކަންކަން އެނގޭނެ ސައިންސްވެރިއެއް އަދި ބޭސްވެރިއެއްވެސް ނުހުންނާނެއެވެ. އެކަމަކު ހަފްތާއަކު އެއްފަހަރަށްވުރެ ގިނައިން އެއްގަމު މަހުގެ ބާވަތްތައް ނުކެއުމަށް ޢުމަރުގެފާނު ވަނީ ވިދާޅުވެފައެވެ. ދިރާސާގައި ބުނެފައިވަނީ "ރެޑް މީޓް" އެއިގެ ތައްޔާރީ އުފެއްދުންތަކުގެ ވާހަކައެވެ. 

ދެން މިއަދުގެ ސައިންސްވެރިން އެބުނަނީ ދުވާލަކު ކިރުތަށްޓެއް ބުއިމަކީ ގޮހޮރުގެ ކްންސަރު ޖެހުމާއި ދުރުހެލިކޮށްދޭ ކަމެއްކަމެވެ. ކިރަކީ ސުންނަތުގައިވާ ބުއިމެކެވެ. އަނެއްކާވެސް ކުރަންޖެހޭ ސުވާލަކީ މިވަނީ ކިހިނެއްހެއްޔެވެ؟ 

ހަމަ މިދިރާސާއިން އެނގުނު އެއްކަމަކީ ފައިބަރލިބޭ ބާވަތްތަކާއި ވިޓަމިން އަދި ކެލްސިޔަމް ލިބޭ ބާވަތްތައް ކެއުމުން ގޮހޮރުގެ ކެންސަރުޖެހުމާއި ދުރުހެލިކޮށްދޭކަމެވެ. ސުންނަތުން އެނގެން ހުރި ކާތަކެތިން މިބާވަތްތައް ލިބެއެވެ. 

ހަމަ އެއާއިއެކު ގިނައިން ހަކުރު ބޭނުންކުރުމަކީވެސް ގޮހޮރުގެ ކެންސަރު ޖެހުމާއި ގާތްކޮށްދޭ ކަންވެސް ވަނީ ފާހަގަކޮށްފައެވެ. 

ރިސާރޗަށްފަހު ބުނެފައިވަނީ 8 އައުންސް ކިރުން 300 މިލިގްރާމް ކެލްސިޔަމް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު މިމިންވަރަށް ކިރު ބޭނުންކުރުމުން ގޮހޮރުގެ ކެންސަރުޖެހުން ދުރުވާކަން ދިރާސާގައި ބައިވެރިވި މީހުންގެ 20 އިންސައްތައިން އެނގުނު ކަމަށެވެ. އަދި އެގޮތަށް ކިރު ބޭނުންކުރުމަކީ ބޮޑުކަމު ދިއުމަށް ފަސޭހަވާ ކަމެއްކަމެވެ. 

- "ޞިއްޙީ ޚަބަރު" ގައި ހާމަކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ލިޔެފައި

މިއަދު އޮންލައިން