ޤުރްއާނުގަ ހުރި ކަންކަމުގެ މައްޗަށް އަމިއްލައަށް ޙުކުމް ނެރުން- ހެދޭ ބޮޑު ގޯހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޤުރްއާނުގަ ހުރި ކަންކަމުގެ މައްޗަށް އަމިއްލައަށް ޙުކުމް ނެރުން- ހެދޭ ބޮޑު ގޯހެއް!

އިސްލާމްނ ދީނުގައި އޮތީ ޤުރްއާނާއި ސުންނަތަށް ޢަމަލުކުރުމެވެ. ސުންނަތަށް ޢަމަލުނުކޮށް ދީނުގައިވާ ގޮތަށް ކަންކަމެއް ނުކުރެވޭނެއެވެ. ޚާއްޞަކޮށް އެކަންކަމުގެ ތަފްޞީލް ޤުރްއާނުން އެނގެން ނެތް ކަންކަމުގައެވެ.  

އެހެންކަމާއިއެކުގައިވެސް ބައެއް މީހުން، އެމީހުންނަށް ދީނުގެ ކަންކަން ފުރިހަމައަށް ނުއެނގޭއިރުވެސް ދީނުގެ ކަންކަމުގައި ފަތުވާ ނެރެއެވެ. އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ދީނުގެ ކަންކަމުގައި ފަތުވާ ނެރެންވާނީ ދީނުގެ ކަންކަން އުނގެނިގެން ތިބި ޤާބިލް ޢިލްމުވެރިންނެނެވެ.

ނޫންނަމަ ވަރަށް ނުބައި ފަތުވާތައްވެސް ނެރެވިދާނެއެވެ. ތިރީގައި އެވަނީ އެފަދަ މައްސަލައެކެވެ. ޙައިޟުލުން ޠޯހިރުނުވެހުރެ ނަމާދުކުރަން ފަތުވާދިން މައްސަލައެކެވެ.

ސުވާލު: މީހަކު ބުނި އެއްޗެއް ހިއްސާކޮށްލާނަން. އެ މީހަކު ބުނީ ޤުރުއާނުގައި އަންގަވައިފައެއް ނެތޭ ޕީރިއަޑް ދުވަސްވަރު ނަމާދު ނުކުރަން އަދި ރޯދަ ނުހިފަން. އަންގަވައިފައި ވަނީ ހަމައެކަނި ޖިމާޢުނުވުމަށޭ. އެހެންވީމާ ޕީރިއަޑް ދުވަސްވަރު ނަމާދު ކުރަންވާނޭ. މި ކަމާ ބެހޭ ގޮތުން އެއްޗެއް ބުނެލަދިނުން އެދެން.  

ޖަވާބު: ޤުރުއާނާއި ސުންނަތް އަދި އިޖުމާޢުއާއި ޤިޔާސް އަކީ އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކެވެ. ވީމާ ޤުރުއާނުގައި ކުރުކޮށް ބަޔާންކުރައްވައިފައިވާ ކަންކަން ޙަދީޘްގައި އައިސްފައިވެއެވެ. މިސާލަކަށް ޤުރުއާނުގައި އޮންނާނީ ނަމާދުކުރާށެވެ. ނަމަވެސް ރެއަކާއި ދުވާލު ކުރާނޭ ކިތައް ނަމާދުކަމާއި ނަމާދުތަކުގެ ރަކްޢަތުގެ ޢަދަދު އަންގައިދީފައިވަނީ ޙަދީޘްގައެވެ.

 

- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން