ފަޤީރުކަމުން ޙައްޖުވެވެން ނެތް މީހުންނަށް ޙައްޖުވުމުގެ ޘަވާބު ލިބިގަނެވެން އޮތް އެންމެ ފަސޭހަ މަގު ޙަދީޘުން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
ފަޤީރުކަމުން ޙައްޖުވެވެން ނެތް މީހުންނަށް ޙައްޖުވުމުގެ ޘަވާބު ލިބިގަނެވެން އޮތް އެންމެ ފަސޭހަ މަގު ޙަދީޘުން-: މުފްތީ މެންކް

ކޮންމެ މުސްލިމަކީވެސް ޙައްޖުވާން ބޭނުންވާނެ މީހެކެވެ. ނަމަވެސް ޙައްޖުވުމުގެ ކުޅަދާނަކަން ލިބެނީ މަދު ބައަކަށެވެ. ފުރުޞަތު ލިބެނީވެސް މަދު ބައަކަށެވެ. އެހެނަސް ކަންބޮޑުނުވާށެވެ! މައިންބަފައިން ދުނިޔޭގައި ތިބިނަމަ އެމީހުންނަށް ޚިދުމަތް ކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ކަމެކެވެ. އެކަން ކުރުމުން ދެއްވަވާނެ މަތިވެރިކަން ނުވަތަ ރަޙްމަތުގެ ތެރޭގައި ޙައްޖުވުމުގެ ޘަވާބުވެސް އެބަ ހިމެނެއެވެ. ވީމާ އަޑުއަހާށެވެ!  

ގިނަ ޢާއިލާތަކުގައި ޢާއިލީ މަޞްލަހަތު ހިފަހައްޓަން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަވާނެއެވެ. އުފެދޭ މައްސަލަތައް ހައްލުކުރަން ދައްކަން ޖެހޭ ވާހަކަތައް ވަރަށް ގިނަވުމުން  ބައެއް ފަހަރު ތިމާ ދައްކަން ބޭނުން ނުވާ ވާހަކަތައްވެސް ދައްކަން ޖެހެއެވެ. ކުރަން ބޭނުން ނުވާ ކަންކަން ވެސް ކުރަން ޖެހެއެވެ. މިހުރިހާ ހަނގުރާމަތަކާއިއެކު ވެސް ޢާއިލާގެ މަޞްލަހަތު ހިފަހައްޓައި މައިން ބަފައިންގެ ޙައްޤުތަކަށް ރައްކައުތެރިވެ ރަނގަޅު ގޮތުގައި އެމީހުން ބަލަހައްޓައިފި މީހަކަށް އެކަމަށް ދެއްވަވާނެ އަގަކީ ސުވަރުގެއެވެ. އިން ޝާ ﷲ  

އެކަން އެނގިގެންދަނީ ރަސޫލް () ގެ ޙަދީޘްފުޅުންނެވެ.  

https://hadithanswers.com/a-great-reward-for-serving-ones-parents/  

ރަސޫލް () ވަނީ ﷲ ތަޢާލާގެ މަގުގައި ޖިހާދަށް ދާން އުޅުނު ޒުވާނަކު ހުއްޓުވައި މައިންބަފައިންނަށް ޚިދުމަތްކުރަން ފޮނުއްވަވައިފައެވެ. މީގެ އިތުރުން ޙަދީޘްފުޅުން އެނގެން އޮތީ ލޯތްބާއިއެކު މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ޙައްޖުވުމުގެ ޘަވާބު ދެއްވަވާނެ ކަމެއް ކަމަށެވެ.  

މައިންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން މައިންނާއިއެކު ނޫނީ ފަރިއްނުކުޅުއްވަވާ ޞަޙާބީން ތިއްބެވުމުން އެނގިގެންދަނީ މައިންބަފައިން ތިބެނީ ރަނގަޅަށް، ތިމާ ކާކޮންމެ އެއްޗެއް ކައިގެންކަން ޔަޤީންކުރުމުގެ މުހިނަމުކަމެވެ.  

މިއަދު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ މަހަކު އެއްދުވަހުވެސް މައިންބަފައިންނާއިއެކު ކައިހަދަނީ މަދުމީހެކެވެ. އެ ޘަޤާފަތް ބަދަލުކޮށްލާށެވެ.  

މިހުރިހާ ކަމަކުންވެސް އެނގިގެން މިދަނީ މައިންބަފައިންނަށް ޚިދުމަތްކުރުމަކީ އިންސާނަކަށް ކުރެވޭނެ އެންމެ މަތިވެރި އެއް އަޅުކަންކަމެވެ. އެކަން އިތުރަށް އެނގިގެންދަނީ މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ސުވަރުގެ ދެއްވަވާނެ ހެޔޮ ޢަމަލެއް ކަމުގައި ލައްވަވާފައި އޮތުމުންނެވެ.   

ބައެއް ކަންތައްތައް ކުރުމުން ސުވަރުގެ ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވާފައެވެ. އެއިން އެއްވެސް ކަމަކީ ކުރަން އެހައި ފަސޭހަ ކަންކަމަށް ނުވެދާނެއެވެ. ނަމަވެސް މައިންބަފައިންނަށް އެހީތެރިވެ ލޯތްބާއިއެކު އެމީހުން ބެލެހެއްޓުމަކީ ކުރެވިދާނެ ކަމެކެވެ. އެކަމަށް އޮތް އެއްވެސް ހުރަހަކީ ތަކްލީފެއް ކަމަށް ނުދެކޭށެވެ!  

މިސާލަކަށް ކޮންމެ މީހަކީ ދިރިއުޅެން މަސައްކަތް ވެސް ކުރާނެ މީހެކެވެ. ބައިވަރު ދަރިން ތިބޭނެއެވެ. އަންތބަކުވެސް ހުންނާނެއެވެ. އަދި ގިނަ ފަހަރު އަނބިމީހާ އާއި މައިންވަފައިންނާއިމެދު މައްސަލަތަކެއްވެސް އޮންނާނެއެވެ. އެހެންކަމުން އެމީހުން ބަލަހައްޓަމުން މައިން ބަފައިން ބެލެހެއްޓުމަކީ އެއްވެސް މީހަކަށް ކުރަން އެހައި ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެކަން ކުރުމުން ސުވަރުގެ ވައްދަވާނެ ކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އެވަނީ އެކަމުގެ ބުރަކަމަށްޓަކައެވެ.  

ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެ ކަމަށް ބަޔާން ކުރައްވަވާފައިވާ އެއްވެސް ކަމަކީ އެންމެ ދުވަހަކު ކޮށްގެން ނިމެން އޮތް ކަމެއް ނޫނެވެ. މިޘާލަކަށް ބަލާށެވެ. ފަތިސް ނަމާދުން ފަށައި ދުވާލުގެ 5 ނަމާދު ކޮންމެ ދުވަހަކު ކުރަން ޖެހެއެވެ. އެކަން ނުކުރުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނުއޮންނާނެއެވެ. މައިން ބަފައިން ބެލެހެއްޓުމާއި އެހީތެރިވުމަކީވެސް އެންމެ ދުވަހަކު ނުވަތަ އެމީހަކަށް ފަސޭހަ ދުވަހަކު ކޮށްލައިގެން ނިމޭނެ ކަމެއް ނޫނެވެ. އެމީހުން ދުނިޔޭގައި ތިބިހައި ދުވަހަކު ޤަވާއިދުން ކުރަން ޖެހޭނެ ކަމެކެވެ.  

މައިން ބަފައިން ބަލަހައްޓައި އެހީތެރިވާންވީ ޤާނޫނީ ވާޖިބު ނުވަތަ އިންސާނީ ވާޖިބު އަދާކުރުމަކަށް ނޫނެވެ. އެއީ އެއަށްވުރެ މާމަތިވެރި މަސްއޫލިޔަތެވެ. އެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާ ކުރުމުން ތިމާއަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް ދެއްވަވާނެ ކަމުގެ އުފާވެރި ޚަބަރު ﷲ ތަޢާލާ ދެއްވަވާފައިވާ ކަމެކެވެ. ވީމާ އެންމެންވެސް އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. 

މީސްތަކުންނޭވެ! ފޯނުން ނުވަތަ އެނޫންވެސް ގޮތަކުން މައިން ބަފައިންގެ ޙާލު ބެލުމަކީވެސް ޘަވާބު ދެއްވަވާނެ ކަމެކެވެ. ނަމަވެސް އެމީހުންގެ ގާތަށް ގޮސް އެމީހުން ހިތް ހަމަޖައްސައިދިނުމުން ދެއްވަވާ ޘަވާބާއި ރަޙްމަތް އެތައް ގުނައަކަށް އިތުރުވާނެއެވެ. އަމިއްލަ އަތުން ޚިދުމަތް ކުރުމުން ދެއްވްވާނެ ޘަވާބާއި ރަޙްމަތްފުޅު މާބޮޑުވާނެއެވެ. އިން ޝާ ﷲ 

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން