ކައިވެންޏަށްފަހު އެއްދާން ކުރުމަކީ އެންމެ ކަމަކާ ގުޅުންހުރި ކަމެއް ނޫން! ނުކުރީމާ ލިބޭނެ ދެރަ އެނގެން އެބަޖެހޭ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކައިވެންޏަށްފަހު އެއްދާން ކުރުމަކީ އެންމެ ކަމަކާ ގުޅުންހުރި ކަމެއް ނޫން! ނުކުރީމާ ލިބޭނެ ދެރަ އެނގެން އެބަޖެހޭ!: ޝައިޚް އަބޫބަކުރު ޒައުދު

ކައިވެންޏަށްފަހު ދެމަފިރިން ދުރުވަމުން ގޮސް އެއްދާން ނުކުރާ ޙާލަތަށް ހިނގައްޖެނަމަ އެޙާލަތުން ގިނަފަހަރު އޮންނަނީ އަރައިނުގަނެވިފައެވެ. ކައިވެނި ރޫޅާލަން ޖެހިފައެވެ. އެހެންވެ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. 

ދެމަފިރިން އެކަކު އަނެކެއްގެ ކިބައިން ބޭނުންވާ ކަންކަން، ޚާއްޞަކޮށް އެއްދާންކުރުމަށްބަލައިފިނަމަ އޭގައި ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެންވެއެވެ. އެއިގެ ތެރޭގައި އުފާވެރިކަމާ ހިތްހަމަޖެހުން، ދިރިއުޅުމަށް ބޭނުންވާ ހިތްވަރުލިބުން، އަދި އެކަކު އަނެކަކުދެކެވާ ލޯބި އިތުރުވުންވެސް ހިމެނިގެންވެއެވެ. 

ވީމާ އެކަން ނުކުރެވޭނަމަ އެކުގައި ދިރިއުޅުންމަތިން ފޫހިވެއެވެ. އުފާވެރިކަން ގެއްލިގެންދެއެވެ. ބައިވެރިޔާ ދެކެ ފޫހިވާންފަށައެވެ. ދެމީހުންގެ މެދުގައި އޮންނަންޖެހޭ ލޯބީގެ ގުޅުން ކުޑަވަމުންގޮސް ކެނޑިގެންދެއެވެ. އަދި ހިތަށް ތަދުވެ އަނިޔާލިބުން ބޮޑުވެގެންދެއެވެ. 

މިކަމުގެ ތެރެއިން ނުކުންނަ އެންމެ ނުރައްކައުތެރި މައްސަލައަކީ ޝައިޠޯނާ ދޭ ވަސްވާސްތަކަށް ހެއްލެވި ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރަން ފެށެވުމެވެ. މިއީ އެންމެ ގެއްލުންހުރި ކަންތަކެވެ. 

ލޮބުވެތިއަޚޫންނާއި އުޚުތުންނޭވެ! ގިނަފަހަރު އެއްދާންކުރުން ހުއްޓާލެވިފައި އޮންނަނީ ކުއްލިއަކަށް ނޫނެވެ. ދެމީހުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ކެނޑެމުން ގޮހެވެ. އެހިސާބަށް ކަންކަންދާއިރު ދެމީހުންގެ މެދަކު ލޯތްބެއް ނުއޮވެއެވެ. ދެއްކެނީ ކުނިމޫނެވެ. ޒުވާބުކުރެވެއެވެ. ބައެއްފަހަރު އަތްވެސް އިސްކުރެވެއެވެ. 

މިކަންކަމުގެ ތެރެއިން ގޮސް އެއްދާން ނުކުރާ ޙާލަތަށް ކަންކަން ދިއުމުން މިބުނި ކަންކަން އެތައް ގުނައަކަށް އިތުރުވެގެންދެއެވެ. މިބަޔާންކުރެވުނު ހުރިހާ މަރިުޙަލާތަކެއްގައިވެސް ކަންކަން ގޯހުން ގޯހަށްގޮސް އެއްމަރުޙަލާއިން އަނެއް މަރުޙަލާއަށް ބަދަލުކުރުވަނީ ހަމަ ޝައިޠޯނާއެވެ. ޝައިޠޯނާގެ ވަސްވާސްތަކެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން