އޮޅުވާލައިގެން ހޯދާފައިވާ ގެ ނުވަތަ ފްލެޓް، އިމާރާތްކޮށްފައި ވީނަމަވެސް އަތުލާނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އޮޅުވާލައިގެން ހޯދާފައިވާ ގެ ނުވަތަ ފްލެޓް، އިމާރާތްކޮށްފައި ވީނަމަވެސް އަތުލާނެ: ވަޒީރު

އޮޅުވާލައިގެން ހޯދާފައިވާ ގެ ނުވަތަ ފްލެޓް، އިމާރާތްކޮށްފައި ނުވަތަ ހަވާލުކޮށްފައި ވީނަމަވެސް އަތުލާނެ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މި މަސައްކަތް ފުރަތަމަ ފަށާނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ގެދޮރު ހޯދުމުގައި އޮޅުވާލުމާއި ސްކޭމްތައް ހިންގާކަން ފާހަގަކުރެވޭ ކަމަށާއި، ފައިސާ ދީގެން ބިން ހޯދުމުގެ ސްކޭމްތަކުގައި ނުޖެހުމަށް ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ގެދޮރުވެރިކަމުގެ މައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއްކަމަށާއި ސްކޭމާއި ކޮރަޕްޝަނަށް ފުރުޞަތު ނުދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މަޢުލޫމާތު ދީފައިވާ ގޮތާ ޚިލާފަށް ހޯދާފައިވާ ގޯތިތައް އަތުލާނެ ކަމަށެވެ. "ވުޒާރާއިން ނުވަތަ އެޗްޑީސީންވެސް، އޮޅުވާލައިގެން ލިބެން ނުޖެހޭ ފަރާތަކަށް ނުވަތަ ލިސްޓުގައި ނުހިމެނޭ މީހަކަށް ފްލެޓާ ގޯތި ދެވިގެން ނުވާނެ" ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަދި ވިދާޅުވީ، ކޮރަޕްޝަނުން ހޯދާފައިވާ ތަންތަން، އިމާރާތްކުރަން ފަށާފައި ވީނަމަވެސް އަތުލާނެ ކަމަށެވެ. މި ފިޔަވަޅުތަކަކީ ގެދޮރުވެރިކަމުގެ ދާއިރާގައި ހިނގާ ކޮރަޕްޝަނާއި އޮޅުވާލުންތައް ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން