މިސަރުކާރަކީ ޓެކްނޮލޮޖީ ޒިންމާދާރު ގޮތެއްގައި ބޭނުންކުރުމަށް ވަރަށް ބޮޑަށް އެދޭ އަދި އެކަމަށް ހިތްވރުދޭ ސަރުކާރެއް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ:
ދިވެހިރާއްޖޭގެ އޭ.އައި.އޭ މާސްޓަރ ޕްލޭން އެއް ހެދުމަށްޓަކާ މިހާރު އެބަދޭ މިވަގުތު މިއޮތް ވިޓްނެސް ބެލުމަށްޓަކާ އެސެސްމަންޓެއް ހެދެމުން. އަދި އަޅުގަނޑުމެން ވަރަށް އަވަހަށް ރާއްޖޭގެ އަޅުގަނޑުމެން ދެކޭގޮތުގަ އޭ.އައި.އޭ ޑްރޯން މެޕެއް އެކަށައަޅާ، އެއަށްފަހުގަ އަޅުގަނޑުމެން މި ޤަބޫލުކުރަނީ މިފަދަ އެތައް ޓެކްނޮލޮޖީއެއް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފް ވެގެން އަދި ހާއްސަކޮށް އެއާގެ ޒަރިއްޔާއިން މިފަދަ ޕްރޮޑަކްޓެއް އަޅުގަނޑުމެންނަށް ފެނިގެން ދާނެ ކަމަށް.
ރާއްޖޭގައި މިވަގުތު އަޅުގަނޑުމެންގެ ސަރުކާރަކީ ޓެކްނޮލޮޖީ ޒިންމާދާރު ގޮތެއްގައި ބޭނުންކުރުމަށް ވަރަށް ބޮޑަށް އެދޭ ސަރުކާރެއް. ޓެކްނޮލޮޖީ އޭގެ ޒާތުގައި އަޅުގަނޑުމެންނަށް ފޯރުކޮށްދޭ އެންމެ ދުރަށް ދިވެހިރާއްޖޭގެ އަޅުގަނޑުމެންގެ ޓެކްނޮލޮޖިސްޓުން، ޓެކްނޮލޮޖީ ދާއިރާގަ މަސެއްކަތް ކުރައްވާ ބޭފުޅުން އިނޮވޭޝަންސްތައް ގެންދިއުމަކީ އަޅުގަނޑުމެން އެންމެ އެދޭ ގޮތް.
ދަންނަވާލަން ބޭނުންވަނީ ޒިންމާދާރުކަމާއެކު މިފަދަ މަސެއްކަތްތައް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ ތެރެއަށް ގެނެސްދެއްވުން. މިހާރު ކޮންމެސްވަރަކަށް ދެކެވެމުން އެބަދޭ އަޅުގަނޑުމެން އެޑްސް ކަހަލަ ޓިކްޓޮކް ކަހަލަ ބައެއް އެއްޗެހި މަނާކުރަން އުޅޭ ވާހަކައެއް. އެއީ އެއްވެސް ހާލެއްގަ އަދުގެ ސަރުކާރުން ކުރައްވާނެ ކަމެއް ނޫން. އަޅުގަނޑުމެންނަކީ މިފަދަ ކަންކަން ކުރިއެރުވުމަށްޓަކާ މަސެއްކަތް ކުރާނެ މިފަދަ ކަންކަމަށް ބާރުދޭނެ ފަރާތްތައް.
- އުރީދޫގެ މިއަހަރުގެ ކަލަންޑަރު ނެރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވަޒީރު ޢަލީ އިޙްޞާން ދެއްކެވި ވާހަކަފުޅުން-