ރާއްޖޭގައި އެންމެ ފުޅައުދާއިރާއެއްގައި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ އުރީދޫން ރާއްޖޭގެ ތާރީޚާއި ޘަޤާފަތް އަދި ޓެކްނޮލޮޖީގެ ދާއިރާއިރާއިން ރާއްޖެ ކުރިއަރުވަން ކުރަމުން ގެންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި އެކުންފުންޏަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ތަޢްރީފް ކުރައްވައިފިއެވެ.
އުރީދޫގެ މިއަހަރުގެ ކަލަންޑަރު ނެރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވަޒީރު ޢަލީ އިޙްޞާން ދެއްކެވި ވާހަކަފުޅު:
ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރުން. މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.
އުރީދޫގެ ޗީފް ކޮމާޝިއަލް އޮފިސަރ ނިޔާމް. އަޅުގަނޑުމެންގެ ކޮމިޔުނިކޭޝަން މިނިސްޓަރ، ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީ.އީ.އޯ އަދި އެން.ސީ.އައި.ޓީ ގެ ހެޑް ސްޓޭޓް މިނިސްޓަރ ކިނާރާ. އުރީދޫގެ މެނޭޖްމެންޓްގެ އެންމެހާ ބޭފުޅުން އަދި މި ރަސްމިއްޔާތުގަ ބައިވެރިވެ ވަޑައިގަންނަވާ އެންމެހާ ބޭފުޅުން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
ހަމަ ޔަޤީނުންވެސް މާކުންބެ އަޅުގަނޑު ދަންނަން. ކޮންމެސް ތާކުން އޭނަ ފެނޭހެން ހީވޭ. މިފަދަ ތާރީޚީ ދިރުވާލުމެއް، ތާރީޚު އަޅުގަނޑުމެންގެ ތެރެއަށް އަލުން އަނބުރާ ގެނައުމަށް، ތާރީޚު އަޅުގަނޑުމެންގެ ތެރޭގަ ދިރިހުރި އެއްޗަކަށް ހެދުމަށް އަޅުގަނޑުމެންގެ ޓެކްނޮލޮޖީ ކުންފުންޏަށް، އަޅުގަނޑުމެންގެ ސާރވިސް ޕްރޮވައިޑާރ އަކުން މިފަދަ އިނިޝިއޭޓިވްއެއް ނެގުމަކީ އަޅުގަނޑު ދަންނަވާނީ ދިވެހި ރާއްޖެ ސްމާރޓް ނޭޝަން އަކަށް ބަދަލުވުމަށްޓަކާ އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސެއްކަތުގެ ވަރަށް މުހިއްމު، ވަރަށް ބޮޑު މަސެއްކަތެއް ނިމިގެންދާ ދުވަހެއް މި ފާހަގަ ކުރެވެނީ. މިކަމަށްޓަކައި މިފަދަ އިނިޝިއޭޓިވް އެއް ނަންގަވާ އަދި މިފަދަ ޚިޔާލުފުޅުތަކެއް ގެންނެވިކަމަށްޓަކައި، މިފަދަ އިނޮވޭޝަން އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފް ކުރައްވާކަމަށްޓަކައި ތިޔަ ޓީމްގެ އެންމެހާ ބޭފުޅުންނަށް، ވަކިން ޚާއްސަކޮށް މި ޓެކްނޮލޮޖީ މީގެ ޒާތުގައި އަޅުގަނޑުމެންނާ ހިސާބަށް ގެންނެވި ޓެކްނޮލޮޖީ ފަންނުގެ އެންމެހާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.
އާދެ، އަޅުގަނޑަށް މައުލޫމަތު ލިބިފަ އޮތްގޮތުންނަމަ މި ކެލެންޑަރުގެ ކޮންމެ މަހެއްގެ ކެރެކްޓާއެއް އަޅުގަނޑުމެންނާ ވާހަކަ ދައްކާނެ. އަޅުގަނޑުމެން އެމީހަކާ އިންޓަރެކްޓް ކުރާނެ. އަދި އަޅުގަނޑުމެން އެމީހެއްގެ ފަރާތުން ކަންތައްތަކެއް ދަސްވެސް ކުރާނެ. އޭގެ ތެރޭގައި ތާރީޚު ސާފުކޮށް އެނގިގެން ދާނެ. ތާރީޚަކީ އާންމު ގޮތެއްގައި އެ ކިޔައިދޭން ފަށައިފިނަމަ މީހަކު ފޫހި ކުރުވާ އެއްޗެއް. ސަބަބަކީ އެ ކިޔައިދޭ އާކޮޅު އަޅުގަނޑުމެންގެ މި ބަދަލުވަމުންދާ ދުނިޔޭގައި އެކްސްޕެކްޓޭޝަން ހުންނަ ލެވެލް އަށް ކިޔައިދޭން ނޭންގެނީ. ފޫހިކަން ނުގެނެސް ކިޔައިދޭން ނޭންގެނީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަދުގެ ޒުވާނުންނަށް މާދަމާ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް މިފަދަ ގޮތަކަށް ޕްރެސެންޓް ކޮށްދީފިނަމަ އަޅުގަނޑުމެންގެ ތާރީޚު ދުވަހަކުވެސް ނެތި ނުދާނެ.
އެހެންމަ މި މަސެއްކަތަކީ އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ތާރީޚުގައިވެސް، އަޅުގަނޑަށް ހަމަ ޔަޤީނުންވެސް ދިމާވި، މި ފަހަކަށް އައިސް ދިމާވި އެންމެ އާޝޯޚު ކުރުވާކަހަލަ މަސެއްކަތް. ދެން ތިބޭފުޅުން ޚިޔާލުފުޅު ގެންނެވި ހިސާބުން ފެށިގެން ޑެލިވެރީއާ ހިސާބަށް އަޅުގަނޑަށް އިނގޭ ކައުންޓްލެސް އަވާސް މަސެއްކަތް.
އާރޓްރީ އިންޓެލިޖެންސް އޭގެ ޒާތުގަ އަދި ރާއްޖެއަށް ތާރަފް އެހާ ރަނގަޅަށް ވެގެން ނާއްނަނީސް ތިބޭފުޅުން އޭގެ ސޮލިއުޝަން އެއް ރައްޔިތުންނާ ގެނެސްދެއްވާފަ މި ދާއިރާގަ އަޅުގަނޑުމެންނަށް އޮތް ކުރިމަގު ވަރަށް ރަނގަޅަށް ޕްރޮޖެކްޓް ކުރެވޭ މަސެއްކަތެއް މީ. އެހެންމަ މި ދާއިރާ މިވަގުތު ހަވާލުވެގެން ހުރި ވަޒީރެއްގެ ހައިސިއްޔަތުން، ރައީސުލް ޖުމްހޫރިއްޔާގެ ނަންފުޅުގައި އަދި އަޅުގަނޑުމެންގެ ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުންގެ ނަމުގައި އުރީދޫއަށައި އަދި މި މަސެއްކަތުގައި އުޅުއްވި އެންމެހާ ޓެކްނޮލޮޖިސްޓުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.
އާދެ، މިފަދަ މަސެއްކަތްތަކަކީ ދިވެހިރާއްޖެ އޭގެ ޒާތުގައި ބައިނަލް އަޤުވާމީ މައިދާނުގައިވެސް އަޅުގަނޑުމެން ތަޢާރަފް ކޮށްދޭ، އަޅުގަނޑުމެންނަކީ ކޮންބައެއް ކަން އަންގައި ދިނުމަށްޓަކައި ވަރަށް މުހިއްމު މަސެއްކަތްތަކެއް. ދިވެހި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި، ދިވެހިރާއްޖެއާ ބެހޭގޮތުން ބައްލަވާ ރިސާރޗް ކުރައްވާ ފަރާތްތަކަށް އަޅުގަނޑަށް ހަމަ ޔަޤީން މި ޓެކްނޮލޮޖީއާ އިންޓަރެކްޓް ވާނެ ކޮންމެސް ހިސާބަކުން. އަދި ރާއްޖެ ދަސް ކުރުމާއި ރާއްޖެ އެޕްރިޝިއޭޓް ކުރުމާއި ރާއްޖޭގަ ތިބި ތައުލީމީ ޤާބިލް ބޭފުޅުންގެ، އެބޭފުޅުންގެ ހުނަރު އެޕްރިޝިއޭޓް ކުރުމަށް އަޅުގަނޑަށް ހީވަނީ މީ ވަރަށް ބޮޑު ރަނގަޅު ފުރުސަތެއް ހެން.
އަދިވެސް އެއްފަހަރު އުރީދޫއިން މިފަދަ ފުރުސަތެއް ދިވެހި ރައްޔިތުންނަށްޓަކާ ފަހި ކޮށްދެއްވިކަމަށްޓަކާ، އަދި އިންޑަސްޓްރީއަށް ޗެލެންޖެއް ދެއްވާކަމަށްޓަކާ އަޅުގަނޑު ވަރަށް ބޮޑަށް ތިބޭފުޅުންނަށް މަރުޙަބާ ދަންނަވަން. ވަރަށް ފަސޭހަ ކަމެއް އާދައިގެ ޓެލެ ގައި ޕްރިންޓް ކޮށްފަ މީހުންނާ ހިސާބަށް ގެންގޮސްދިނުމަކީ. ގިނަފަހަރަށް އެއްލާވެސް ލާނެ. އެހެނަސް މިފަދަ މަސެއްކަތެއް ވެއްޖެއްޔާމު އަޅުގަނޑަށް ޔަޤީން އެއްލާލާކަށް ނުކެރޭނެ.
އެހެންމަ މީ ވަރަށް ޔޫސްފުލް ކެލެންޑަރއަކަށް ވާނެކަން އަޅުގަނޑު ހަމަ ޔަޤިންކުރަން. ގިނަ ސަރުކާރު އޮފީސްތަކުގަ، ގިނަ ޕްރައިވެޓް ސެކްޓާރގެ އޮފީސްތަކުން އަދި ގިނަ އޮފީސްތަކުގެ ވެރިންގެ ގެ މޭޒުމަތިން މި ކެލެންޑަރ ފެނިގެން ދާނެކަމަށް. އަދި ހަމަ ޝައްކެއް ނުކުރަން އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން ނިދީގަ ކުއްލިއަކަށް ތެދުވެ ފޫޅުދިގު ހަންޑި އެއްޗެހި ފެނި ބައެއް މަސްމަސް އައީމަ، މިކަހަލަ ކަންކަން ދިމާވާނެ ކަމަކަށް އަޅުގަނޑުމެން ޤަބޫލުކުރަނީ. ހަމައެއައެކު ގޭގެތަކުގެ ތެރޭގަ މި ކެލެންޑަރުގެ ޒަރިއްޔާއިން މިވާހަކަތައް އަލުން ދެކެވި، ތުއްތުކުދިންނަށް މީ އިންޓަރެސްޓިން އެއްޗަކަށް ވެގެންދިޔައީމަ، މީގެ އިތުރު މައުލޫމާތު ހޯދަން މަސެއްކަތް ކުރެވި، ދިރުވާ އާލާކުރެވޭކަހަލަ ޓެކްނޮލޮޖީއަކަށް މި ވާނެ.
މިއާ ބެހޭތުން ކިތަންމެ ވާހަކައެއްވެސް ދެއްކިދާނެ. އެހެން ނަމަވެސް މޮޅެތި ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރަފްކޮށް، ރާއްޖެ ޓެކްނޮލޮޖީ ސެކްޓާރގަ ކުރިއަށް ގެނދިޔުމަށްޓަކާ އަބަދުވެސް އަޅުގަނޑު އެޕްރިޝިއޭޓްކުރަން އުރީދޫއިން ކުރައްވަމުން ގެންދަވާ ބުރަ މަސެއްކަތްޕުޅު. އަދި ސަރުކާރުގެ ސްޓޭޓަސް އެޑް ކުރައްވަމުން ގެންދަވާއިރުގަ، އަޅުގަނޑުމެންނަށް ވުރެވެސް ކުރީގަ ޕްރައިވެޓް ސެކްޓަރ އޮތުމަކީ އަދި އަޅުގަނޑުމެންގެ ސާރވިސް ޕްރޮވައިޑާރސް ތިބުމަކީ އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
އަދިވެސް އެއްފަހަރު ހަމަ މި ފުރުސަތު ދެއްވިކަމަށްޓަކާ ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް މީ މިފަދަ އިވެންޓެއްގަ މިފަދަ މޫވީ ކަލަންޓާއެއް ނުވަތަ ޕްރޮޑަކްޓެއް ލޯންޗު ކުރުމުގެ ހަފްލާ ޝަރަފުވެރި ކޮށްދިނުމަކީ.
އާދެ އަޅުގަނޑު އެދެނީ އުރީދޫއަށާއި، ހާއްސަކޮށް މިފަދަ މަސެއްކަތްތައް ކުރައްވާ އަޅުގަނޑުމެންގެ ޒުވާނުންނަށް، ވަރަށް ޒުވާން ޤާބިލް ބޭފުޅުންކޮޅެއް މިތަނުން މި ފެންނަނީ. ތިބޭފުޅުންނަށް އަދަށްވުރެ ފެހި ފަހި މާދަމައަކަށް އެދެމުން، ތިބޭފުޅުން ކުރައްވާ ބުރަ މަސެއްކަތްޕުޅުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން. އަބަދުވެސް އަޅުގަނޑުމެންނަކީ އެޗީވް ކުރާ އިނޮވޭޓިވް ސޮސައިޓީއެއް ގޮތުގައި މާތް ﷲ ލައްވާށި. ކުރިއަށް ދިވެހި ޤައުމު.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.