ކޮންމެ ޙާލެއްގައިވެސް 5 ނަމާދު އަދާކުރާ މީހަކަށް އޭނާ އެދޭ ކަންކަމަށް މަގުފަހިކޮށް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޮންމެ ޙާލެއްގައިވެސް 5 ނަމާދު އަދާކުރާ މީހަކަށް އޭނާ އެދޭ ކަންކަމަށް މަގުފަހިކޮށް ދެއްވަވާނެ! އިން ޝާ ﷲ

ދިރިއުޅުމުގައި ކުރިމަތިވާ މައްސަލަތަކަށް ނުބަލާށެވެ! ކުރިމަތިވެފައިވާ މައްސަލައިގެ ބޮޑު ކުޑަމިނަށް ނުބަލާށެވެ! ކޮންމެ ޙާލެއްގައިވެސް ފަރުޟް 5 ނަމާދު އަދާކުރަމުން ގެންދާށެވެ! އެމީހަކު އެދޭކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ.  

މިހެން މިބުނަނީ "ކެތްތެރިކަމާއިއެކު، ނަމާދުން ވާގިއެދެން" ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާތީއެވެ. އެބަސްފުޅުން އެނގެނީ ﷲ ތަޢަލާގެ ޙަޟްރަތުން ކޮންމެ ކަމަކަށް އެދެންވެސް ކުރަން އޮތް ކަމަކީ ކެތްތެރިވުމާއި ނަމާދު ޤާއިމުކުރުންމަތީގައި ހުރުން ކަމެވެ. ނަމާދު ޤާއިމުކުރުމަކީ ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަޤުތުގައި ކުރުމެވެ.  

އިސްލާމް ދީން ޤަބޫލުކުރުމަށްފަހު ނަމާދުކުރުމަށްވުރެ މަތިވެރިކަންބޮޑު ޢަމަލެއް ނެތެވެ! ކޮންމެ ތަނެއްގައި ކޮންމެ ޙާލަތެއްގައި ހުރެގެންވެސް ފަރުޟު 5 ނަމާދަށް ރައްކައުތެރިވާންޖެހޭ ސަބަބަކީ އެއީއެވެ. ވީމާ ފަރުޟް 5 ނަމާދުކުރުމަށްވުރެ މުހިންމު ކަމެއް ނުބާއްވާށެވެ! ކިތަންމެ ބުރަކޮށް މަސައްކަތްކުރަމުންވެސް އަދި ކިތަންމެ ބޮޑު ތަކުލީފުތަކެއް އުފުލަންޖެހިފައިވީނަމަވެސް ފަރުޟު 5 ނަމާދަށް ރައްކައުތެރިވާށެވެ.  

ތަކުރާރުކޮށްލާނަމެވެ. ކުރިމަތިވާ ހުރިހާ ބުރަކަމެއް ލުއިފަސޭހަކޮށްދެއްވެވޭނެ ފަރާތަށް (ﷲ ތަޢާލާއަށް) އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރީމާ އަހަރެމެން ބޭނުންވާ ހުރިހާ ކަމެއް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން