ރައްޔިތުންނަށް ހެޔޮގޮތް މެދުވެރިވާން އޮތީ ރައީސް ޑރ. މުޢިއްޒު އަޅުވަމުން ގެންދަވާ ފައިދާހުރި ފިޔަވަޅުތައް ބަލައިގަނެ އެއްބާރުލުން ދީގެން!: ޙުސައިން ފަހުމީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ރައްޔިތުންނަށް ހެޔޮގޮތް މެދުވެރިވާން އޮތީ ރައީސް ޑރ. މުޢިއްޒު އަޅުވަމުން ގެންދަވާ ފައިދާހުރި ފިޔަވަޅުތައް ބަލައިގަނެ އެއްބާރުލުން ދީގެން!: ޙުސައިން ފަހުމީ

ރައްޔިތުންނަށް ހެޔޮގޮތް މެދުވެރިވާން އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުވަމުން ގެންދަވާ ފައިދާހުރި ފިޔަވަޅުތައް ބަލައިގަނެ އެއްބާރުލުން ދީގެން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.  

ޙުސައިން ފަހުމީ ވިދާޅުވީ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ކަންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަންކަން ކުރައްވަމުން ގެންދަވަނީ ސިޔާސީ ވާދަވެރިން ދައްކާނެ ވާހަކަތަކަށް ބެއްލެވުމެއް ނެތި ކަމަށެވެ. އަދި އެމަނިކުފާނުގެ ބޭނުންފުޅަކީ ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކޮށްދެއްވުން ކަމަށެވެ.  

ބައެއް ސިޔާސީ ވިސްނުންތެރިން ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގެ ފަހުގެ ތާރީޚުގައި ވެރިކަން ކުރަމުން އައިސްފައިވަނީ "ކޮރަޕްޝަން ފްރީ" ގެ މާނައަކީ "ކޮރަޕްޝަން ހިންގުން ނުވަތަ ކޮރަޕްޝަންގެ ޢަމަލުތައްކުރުން ފްރީ" ކަމަށް ހަދައިގެން ކަމަށްވުމުން ޤައުމުގެ ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާ ނަމަ ހުރަސްތަކެއް ކުރިމަތިވާނެއެވެ. ބަޣާވާތް ކުރަންވެސް މަސައްކަތްކުރާނެއެވެ.  

ދާދިފަހުން ނިޔުޔޯކް ޓައިމްސް އިން ހާމަކުރި ރިޕޯޓަކުންވެސް ވަނީ އެކަން އިތުރަށް ޔަޤީންކުރެވިފައެވެ.

މިއަދު އޮންލައިން