ނިމިގެންދިއަ ޑިސެމްބަރު މަހު އެންމެ ގިނަ މީހުން ޢުމުރާއަށް ގެންދިއަ އަމިއްލަ ޖަމާއަތަކީ "ދަތުރުވެރިޔާ" ޖަމާޢަތެވެ. އެ ޖަމާޢަތުން ވަނީ 666 މީހުން ޢުމްރާއަށް ގެންގޮސް ޚިދުމަތް ދީފައެވެ.

ޚިދުމަތް ދިނުމުގައިވެސް އެޖަމާޢަތުން ވަނީ ރެކޯޑެއް ހަދައިފައެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ 666 މީހުން ޙަރަމްފުޅާއި ގާތުގައި ހުރި (8 މިނިޓުން ދެވޭ) އެއްހޮޓަލުގައި ބައިތިއްބައިގެން އެންމެންނަށްވެސް ރަނގަޅު ފެންވަރުގައި ޚިދުމަތްދޭން މަސައްކަތްކުރިކަމެވެ.

އެޖަމާޢަތުން ބުނީ މައްކާގައި ޢުމްރާވެރިންގެ ޢަދަދު ރެކޯޑް ޢަދަދަކަށް ގިނަ މަހަކަށް ޑިސެމްބަރު މަސްވުމުން ޚިދުމަތް ދިނުމުގައި އެންމެ ބޮޑަށް ދަތިވީ ބަސްދަތުރުތައް ގަޑިއަށް ނުފެށުމުން ކަމަށާއި އެކަން މެދުވެރިވީ ކުރިއާލައި ދަތުރުތައް ހަމަޖެއްސިނަމަވެސް ގަޑިއަށް ބަސްތަކަށް ނާދެވޭތީ ކަމަށެވެ. "އެކަމުގަ އަޅުގަނޑަށް ކުރެވޭނެ މާބޮޑުކަމެއް ނޯވޭ!"

އެގްރޫޕުން ދިއަ މީހުންގެ ތެރޭގައި 12، އަދި 9 ޢުމުރާ މީހުންވެސް ހިމެނެއެވެ. ގްރޫޕުން ބުނީ ޢުމްރާވެރިން ބޭނުންވާ ގޮތަށް، ގިނަ ޢުމްރާވާން ބޭނުންވާ މީހުންނަށް އެކަން ފަސޭހައިން ކޮށްދޭން ގްރޫޕުން މަސައްކަތްކުރި ކަމަށެވެ.

"ޢުމްރާވެރިންނަށް ވީހާ ރަނގަޅު ޚިދުމަތް ފޯރުކޮށްދޭން މަސައްކަތްކުރީ. ނަމަވެސް މިފަދަ ދަތުރެއްގައި ދަތިތަކެއްވެސް ހުންނާނެކަންވެސް ޤަބޫލުކުރަންވާނެ. މީހުން އެދުނު ގޮތަށް ކަންކަން ކޮސްދޭން ވަރަށް ބޮޑަށް މަސައްކަތްކުރިން. ވަރަށް ގިނަބައަކު އަޅުގަނޑުމެންގެ ޚިދުމަތަށް ތައްރީފްކުރި. އެއްވެސް ކަމެއްގެ ވާހަކަ ބުނެފިއްޔާ އެކަމެއް ރަނގަޅުކޮށްދޭން މަސައްކަތްކުރިން. އުންމީދަކީ ކުރިއަށް ހުރި ދަތުރުތަކުގައި ދެވޭ ޚިދުމަތުގެ ފެންވަރު ބޮޑުތަނުން މަތިކޮށް ރަނގަޅުކުރުން." ކަމަށް އެޖަމާޢަތުން ބުނެފައިވެއެވެ.