ހުޅުމާލެއިން ރޭ ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން: ސްޓެލްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ހުޅުމާލެއިން ރޭ ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން: ސްޓެލްކޯ

ރޭ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވުމާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

މިކަމާގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ރޭ މެދުކެނޑިފައިވަނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށެވެ.

ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިފަދަ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި، ކޮނުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ސަރަހައްދުގައި ކަރަންޓު ކޭބަލްތައް އަޅާފައި ހުރިތޯ ބަލައި ޗެކްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. 

 

މިއަދު އޮންލައިން