ޙައްޤު، ހެޔޮ ބަހެއްގެ އަޑުއިވިއްޖެނަމަ ބަލައިގަނެ ޢަމަލުކުރަން އަވަސްވެގަތުމަކީ އާޚިރަތް ކާމިޔާބުކުރަން ފަސޭހަވެގެންދާނެ ކަމެއް! އިން ޝާ ﷲ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޙައްޤު، ހެޔޮ ބަހެއްގެ އަޑުއިވިއްޖެނަމަ ބަލައިގަނެ ޢަމަލުކުރަން އަވަސްވެގަތުމަކީ އާޚިރަތް ކާމިޔާބުކުރަން ފަސޭހަވެގެންދާނެ ކަމެއް! އިން ޝާ ﷲ

ހެޔޮ ބަހެއްގެ އަޑުއިވުމުން ބަލަންވީ ބަސްބުނި މީހާއަކަށް ނޫނެވެ. އޭނާ ބުނި ބަހަށެވެ. އެބަހުގައި ބުރަދަން ހުރިނަމަ އޮތީ އަވަހަށް އެކަމެއްގައި ހިފައި ޢަމަލުކުރުމެވެ. 

ހެޔޮބަސްބުނެ ނަޞޭޙަތްދީ އުޅޭ މީހުންނަށް ނުރުހި ފާޑުކިޔާ މީހުންވެސް ތިބޭނެއެވެ. އެފަދަ މީހުން އެކަން ކުރަނީ އެމީހުންގެ ހިތުގައި އޮންނަ ޒާތީ ޙަސަދަވެރިކަމެއްގެ ސަބަބުންނެވެ. އިސްލާމް ދީނަށް ނަޞްރުލިބެން ނުއެދޭތީއެވެ. 

ކިތަންމެ ރަނގަޅު ނަޞޭޙަތެއް ޝައިޚަކު ދެއްވިނަމަވެސް "ތިއައީ މިވެނި މީހެއް ނޫންހޭ! އަޑުވެސް ނުއަހާނަމޭ!" ބުނާ މީހުން ދަނީ ގިނަވަމުންނެވެ. ގިނަ ފަހަރަށް މިފަދަ މައްސަލަތައް ކުރިމަތިވަނީ މަޒުހަބީ ވިސްނުމާއި ގުޅިގެންނެވެ. ނުވަތަ ދީނުގެ ކަމެއްގައި އެމީހާ ޤަބޫލުކުރާ ގޮތް ނޫން ގޮތަކަށް ޝައިޚް ފަތުވާއެއް ދެއްވާފައި އޮތުމުންނެވެ. 

ދީނީ ޢިލްމުވެރިން ވިދާޅުވާ ބަސްފުޅުތަކާއިމެދު މިމޭރުމުން ވިސްނަންވެއްޖެ ނަމަ ވަރަށް ނުރައްކައުތެރި މައްސަލަތައް ކުރިމަތިވުން ގާތެވެ. އަދި އެކަމުގެ ނާޖާއިޒު ފައިދާ ނަގަނީ ދީނަށް ގެއްލުންދޭން އުޅޭ މީހުންނެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. 

މިމައްސަލައިގައި ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވަނީ މިފަދައިންނެވެ.   

ކޮންމެ ފިކުރެއްގެ މީހަކު ނަމަވެސް އިސްލާމް ދީނަށް ކުރިއެރުންލިބޭފަދަ ބަހެއް ބުނެފިނަމަ ނުވަތަ އިސްލާމް ދީނުގައި އޮތް މަގުން ކަމެއް ކުރަން ބުނެފިނަމަ އޮތީ ބުނި މީހާބަލައި އިންކާރުކުރުމެއް ނޫނެވެ. އެކަން ބަލައިގަނެ ޢަމަލުކުރުމެވެ.   

"މިސާލަކަށް މީހަކު ބުނެފާނެ ﷲ ގެ މަގުގަ ޞަދަޤާތްކުރާށޭ! ކިހިނެއްތޯ އެވާހަކަ އެބުނި މީހާއަށް ބަލައި މިވެނި މީހަކު ބުނިކަމަށްޓަކައި ޞަދަޤާތް ނުދޭށޭ އަޅުގަނޑުމެން ބުނާނީ؟ އެހެން އެބުނީ ކޮންމެ ފިކުރެއްގެ މީހަކު ނަމަވެސް އަޅުގަނޑުމެން ޖެހޭނީ ޞަދަޤާތް ދިނުމަށް ހިތްވަރުދޭން ނޫންތޯ؟" 

"ޙައްޤު ބަސް ބުނުމަކީ އަބަދުވެސް ބައެއް މީހުން އެމީހަކާއިމެދު ނުރުހޭނެ ކަމެކެވެ. އަޅުގަނޑު ބަސްބުނަނީ އެހެން މީހުން ރުހޭތޯ ނުރުހޭތޯ ބަލާފައެއް ނޫނެވެ. ﷲ ގެ ރުއްސެވުން އެދިގެންނެވެ. އެކަލާނގެ ރުއްސެވުން ލިބިއްޖެ ނަމަ އިން ޝާ ﷲ އެނިމުނީއެވެ. ނައްސެއް ނެތް ކަންކަމުގަ މީހުންނަށް ދަތިކުރާކަށް ނުވާނެއެވެ!"

- ޝައިޚް ޢަލީ ޒައިދު

މިއަދު އޮންލައިން