ކައިވެނި ފޭލްވެއްޖެނަމަ އެމީހަކު ބާކީކުރުމުގެ ނުބައި އާދަދޫކޮށްލަން އެބަޖެހޭ! ޙަޤީޤަތް ނުބަލާ ގޮތް ނިންމަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ކައިވެނި ފޭލްވެއްޖެނަމަ އެމީހަކު ބާކީކުރުމުގެ ނުބައި އާދަދޫކޮށްލަން އެބަޖެހޭ! ޙަޤީޤަތް ނުބަލާ ގޮތް ނިންމަން ހެޔޮނުވާނެ!

ބައެއް މީހުން ދެކޭ ގޮތުގައި ކައިވެނި ފޭލްވެއްޖެނަމަ އެމީހަކީ އެއްވެސް މީހެއް ނޫނެވެ. ކައިވެނި ފޭލްވާނީ އޭނާގެ ސުންޕާކަމުން ނުވަތަ އޭނާގެ ކިބައިގައި ހުންނަ ނުބައި ސިފަތަކެއްގެ ސަބަބުންނެވެ. ކައިވެނި ރޫޅުމުން އަންހެނުންނާއި އަދި ފިރިހެނުންނާއިމެދުގައިވެސް އެގޮތަށް ދެކޭ މީހުން އުޅެއެވެ. 

އެއީ ވަރަށް ނުބައި ވިސްނުމެކެވެ. ކިތަންމެ ރަނގަޅު މީހަކުވެސް އެކަނިވެރިވެދާނެއެވެ. އަދި ކައިވެނި ރޫޅި އެކަނިވެރިވުމަކީ ލައްވަވާ ރަޙްމަތެއް ކަމުގައިވެސް ވެއެވެ. މިޘާލަކަށް އޭނާގެ ބައިވެރިޔާއަށްވުރެ ހެޔޮލަފާ ރަނގަޅު ދެއްވަވަން އިރާދައިގައި އޮތުމުންވެސް ކައިވެނި ރޫޅިދާނެއެވެ. އަދި އެކައިވެނީގައި ހުރެއްޖެނަމަ ލިބެން އޮތް ބޮޑު ދެރައަކުން ސަލާމަތްކުރައްވަވަންވެސް ކައިވެނި ރޫޅިދާނެއެވެ. 

މިޘާލެއްވެސް ބުނެފާނަމެވެ. އަހުރެންގެ އެކުވެރި ޒުވާން ދެމަފިރިއެއްގެ ކައިވެނި ރޫޅުނެވެ. ކައިވެނި ރޫޅުމުން ގިނަ ބައަކު އަންހެންކުއްޖާއަށް ނަފްރަތުކުރިއެވެ. އެކަމަކު ކަންތައްވެގެންދިއަ ގޮތް އެނގޭހެއްޔެވެ؟ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހާމަވީ އޭނާގެ ފިރިމީހއަކީ ކައިވެނީގެ ކުރީންސުރެ އެއްޖިންސުން ގުޅުން ހިންގާ މީހަކު ކަމެވެ. އެކަން ހާމަވުމުން ކުރިން އޭނާއާއިމެދު ނުބައިބަސްތައް ބުނި އެކުވެރިންނަށް ޖެހުނީ ޢޭނާގެ ކިބައިން މާފަށް އެދޭށެވެ. 

މިއީ އަންތބަކަސް މެދުވެރިވި ކަމެކެވެ. މިފަދަ ކަންކަން މެދުވެރިވާ ފިރިންވެސް ތިބޭނެއެވެ. ނުބައި މީހުން ތިބޭނީ ވަކި ޖިންސެއްގައި ނޫންވީމައެވެ. 

ކައިވެނި ރޫޅި އެކަނިވެރިވެއްޖެނަމަ އެމީހަކާއިމެދު ގޮތް ނިންމަންވާނީ އޭނާގެ އުޅުމަށް ބަލައި ޙަޤީޤަތް ރަނގަޅަށް އޮޅުންފިލުވުމަށްފަހުގައެވެ. އޭނާގެ ކިބައިގައި އުނި ނުވަތަ ކަންތައްތަކެއް ހުރިކަން ޔަޤީންކުރުމަށްފަހުގައެވެ. މިކަމުގެ ދަލީލަކީ ފަހުން ކުރާ ކައިވެނިމަތީގައި އުފަލުގައި ޢުމުރުހޭދަކުރާ މީހުން ގިނަކަމެވެ. 

އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. ގިނަ ބައަކު އަބަދުވެސް ބަލާނީ ހަމައެކަނި ކާމިޔާބު މީހުންނަށެވެ. ކާމިޔާބު މީހުންގެ ދިރިއުޅުމުން ފިލާވަޅު ލިބިގަތުމަކީވެސް ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް ފޭލްވި މީހުންގެ ކިބައިންވެސް ދަސްކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ އެމީހުން ފޭލްވި ސަބަބުތަކެވެ. ޙަޤީޤީ ކާމިޔާބު ކާމިޔާބު ޙާޞިލުކުރެވޭނީ މިބުނި މަގުން ދެބައިމީހުންގެ ކިބައިންވެސް ފިލާވަޅު ލިބިގަނެގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން