ރިޒުޤް ތަނަވަސްވާން އެދޭނަމަ ވީހާ ގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ! މަޖިލިސް ހަދައިގެން ގޭގެ އެންމެންވެސް އެކަންކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ރިޒުޤް ތަނަވަސްވާން އެދޭނަމަ ވީހާ ގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ! މަޖިލިސް ހަދައިގެން ގޭގެ އެންމެންވެސް އެކަންކުރާށެވެ!

ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރާ މީހުންނަކީ ޣާފިލުކަމެއްގައި ތިބޭ ބައެކެވެ. އެހެނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީ ހަމައެކަނި ނަމާދުގައި ކުރަން އޮތް ކަމެއް ނޫނެވެ. އެއީ ވީހާ ގިނައިން ކުރަން އޮތް ކަމެކެވެ. އެއީ އެކަން ކުރުމުން ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެ ކަމެކެވެ. 

ދުނިޔޭގެ އެއްވެސް އެދުމެއް ނެތި، ދުނިޔަވީ އެއްވެސް ވާހަކައެއް ނުދައްކައި ﷲ ތަޢާލާގެމަތިން ހަނދުމަކުރަން މަޖިލިސްކުރުމަކީ އެކަމުގައި ބައިވެރިވި އެންމެންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

ކޮންމެ މީހަކަށް ބޮޑެތި ބައްދަލުވުންތައް އިންތިޒާމް ނުކުރެވިދާނެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް އެމީހާގެ އަހުލުވެރިންނާއިއެކު ކޮންމެ ދުވަހަކުވެސް ގޭގައި ވަޤުތުކޮޅެއް ހޭދަކޮށްލެވިދާނެއެވެ. އެއީ ހަމަ ނުހަނު ފަސޭހައިން ކުރެވިދާނެ ކަމެކެވެ. 

މިކަމުގައި ޢުމަރު ބިން ޢަބްދުލްޢަޒީޒް (ރޢ) ވަނީ އުންމަތަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކަވައިދެއްވަވައިފައެވެ. ދައުލަތް ހިންގުމުގެ ބުރަ މަސައްކަތް ކުރައްވަމުންވެސް މަސައްކަތް ނިންމަވާލައްވަވައި ގަނޑުވރަށް ވަޑައިގަތުމުގެ ކުރިން ހެޔޮލަފާ މީޙުންނާއި ދީނީ ޢިލްމުވެރިން އެއްކުރައްވަވައި ހަމައެކަނި ﷲ ތަޢާލާގެ މަތިން ހަނދުމަފުޅު ކުރައްވަވަން ވަޤުތުކޮޅެއް ހޭދަކުރެއްވެވިއެވެ. 

ޢުމަރު ބިން ޢަބްދުލްޢަޒީޒް ވަނީ ރައްޔިތުންނަށްޓަކައި ހެޔޮލަފާ، ރައްޔިތުންނަށް ފައިދާކުރި ވެރިކަމެއް ކުރެއްވެވުމުގައި ވެސް އުންމަތަށް ނަމޫނާ ދައްކަވައިދެއްވަވައިފައެވެ. ކަންކަން ބެލެހެއްޓެވި ފުރިހަމަކަމުންނާއި ވެރިކަން ހިންގެވުމުގައި ތެދުވެރިކަން ބޮޑުކަމުން އެދުވަސްވަރު ވެގެން ދިއައީ ރައްޔިތުން އެންމެ ބޮޑު ތަނަވަސްކަމެއްގައި އުޅެން ލިބުނު ދުވަސްވަރަށެވެ. 

)Umar bin Abdul Aziz ruled as a caliph for only 30 months but during this short period he changed the world. His tenure was the brightest period in the 92-year history of the Umayyad Caliphate.

ABU TARIQ HIJAZI  / Arabnews( 

މިފަދަ ހެޔޮ ވެރިކަމެއް ކުރެއްވެވުނު ސަބަބުތަކުގެ ތެރޭގައި ﷲ ތަޢާލާގެ މަތިން ހަނދުމަފުޅުކުރެއްވެވުން ގިނަކުރެއްވެވުމާއި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންކަން ކުރައްވަން ކުރެއްވެވި މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ. 

އަހުރެން ބުނާނީ އެގެއެއްގައި ﷲ ތަޢާލާ ހަނދުމަކުރުން ގިނަކޮށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރަމުން ގެންދާނަމަ އެގޭގެ އަހުލުވެރިންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ބަރަކާތް ލައްވަވާނެތެވެ. ރިޒުޤްތަނަވަސްކޮށްދެއްވަވައި އުފާފާޤަތިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން