މިފްކޯއިން ރޯދަމަހަށް 140 ގްރާމްގެ ތެޔޮ މަސްދަޅު ބާޒާރަށް ނެރެފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
މިފްކޯއިން ރޯދަމަހަށް 140 ގްރާމްގެ ތެޔޮ މަސްދަޅު ބާޒާރަށް ނެރެފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރަމަޟާން މަހާ ދިމާކޮށް 140 ގްރާމްގެ ތެޔޮ މަސްދަޅު ބާޒާރަށް ނެރެފިއެވެ.

މި އައު ސައިޒްގެ މަސްދަޅު ނެރުމުގެ މަޤްޞަދަކީ އާންމުންނަށް ފަސޭހަކޮށް، މީހުން މަދު ގޭބީސީތަކުގައި އެއްފަހަރާ ބޭނުންކުރެވޭނެ ގޮތް ހެދުމެވެ.

މިފްކޯއިން ބުނެފައިވާ ގޮތުގައި، މި އައު ސައިޒްގެ ތެޔޮ މަސްދަޅު މިހާރު ލިބެން ހުންނާނީ މިފްކޯގެ ހުޅުމާލޭގެ 2 ފިހާރައާއި މާލޭގެ 2 ފިހާރައިންނެވެ.

140 ގްރާމްގެ މަސްދަޅު ކޭހެއްގެ އަގަކީ 700 ރުފިޔާ ކަމަށާއި، ވަކި މަސްދަޅެއްގެ އަގަކީ 15 ރުފިޔާ ކަމަށް މިފްކޯއިން ހާމަކޮށްފައިވެއެވެ. އަދި 180 ގްރާމްގެ ތެޔޮ މަސްދަޅު ކޭހެއްގެ އަގަކީ 760 ރުފިޔާ ކަމަށާއި، އެ ސައިޒްގެ ވަކި މަސްދަޅެއްގެ އަގަކީ 17.50 ރުފިޔާ ކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.

ރޯދަމަހަކީ ޢާއިލާތަކުން އެކުގައި ކެއުމަށް އިސްކަންދޭ މަހަކަށްވާއިރު މި އައު ސައިޒްގެ މަސްދަޅު ނެރުމުން ކުދި ޢާއިލާތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބި އިސްރާފު ކުޑަކުރުމަށްވެސް މިކަމުން އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން