ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވުމާ ގުޅިގެން ސަމާލުވުމަށް އެޗްޕީއޭއިން ރައްޔިތުންނަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވުމާ ގުޅިގެން ސަމާލުވުމަށް އެޗްޕީއޭއިން ރައްޔިތުންނަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ސަރަޙައްދުގެ ވައި ނުސާފުވެފައިވާތީ، ރައްޔިތުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މިގޮތުން ބޭރުގައި އުޅުން މަދުކުރުމަށާއި، ބޭރަށް ނިކުންނައިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

އިރުވައި މޫސުމުގައި ރާއްޖޭގެ ވައި ނުސާފުވަނީ އިންޑިއާ ސަބްކޮންޓިނެންޓުން އަންނަ ހިރަފުސްދުމުގެ ސަބަބުންނެވެ. މިކަން އާންމުކޮށް ދިމާވަނީ ޖެނުއަރީ އަދި ފެބްރުއަރީ މަހުގައި ކަމަށާއި، މާރިޗު މަހު ވައި ސާފުވާ ކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދީފައިވެއެވެ.

މިވަގުތު ރާއްޖޭގެ ވައިގެ ކޮލިޓީ ވަނީ ދަށްވެފައެވެ. އެޗްޕީއޭގެ މަޢުލޫމާތު ދޭގޮތުގައި ވައިގެ ކޮލިޓީ އިންޑެކްސް މިހާރު ވަނީ 137 ޕޮއިންޓުގައެވެ. މިއީ ނާޒުކު ފަރާތްތަކުގެ ސިއްޙަތަށް ނުރައްކާތެރި މިންވަރެކެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ އިތުރު އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ބަލި މީހުންނާއި، ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންނާއި، މާބަނޑު މީހުން ބޭރަށް ނުނިކުތުމަށް އަންގާފައިވެއެވެ. އަދި ބޭރަށް ނިކުންނަން ޖެހޭނަމަ މާސްކު އެޅުމަށާއި، ގޭގެ ދޮރުފަތް ލެއްޕުމަށާއި، ބޭރުގައި ކުޅިވަރާއި ކަސްރަތު ނުކުރުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި ވައިގެ ކޮލިޓީ ދުވާލުގެ ވަގުތުތަކުގައި ތަފާތުވެއެވެ. އެހެންކަމުން ސިއްޙަތަށް ސަމާލުވުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން