އުފަންވެލި ޝޮޕްތަކުން އިންޑިއާ ފިޔާ ކިލޯއެއް 15 ރުފިޔާއަށް އަގުހެޔޮކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އުފަންވެލި ޝޮޕްތަކުން އިންޑިއާ ފިޔާ ކިލޯއެއް 15 ރުފިޔާއަށް އަގުހެޔޮކޮށްފި!

އުފަންވެލި ޝޮޕްތަކުން އިންޑިއާ ފިޔާގެ އަގު ހެޔޮކޮށް ކިލޯއެއް 15 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ. މިއީ މިހާރު ހުރި ސްޓޮކް ހުސްވަންދެން ކުރިއަށް ގެންދާ ޕަރްމޯޝަނެކެވެ. 

އުފަންވެލި ޝޮޕްތަކުން މިހާރުވެސް ވަަރށް ހެޔޮ އަގުގައި ވިއްކަމުން ގެންދާ ބާވަތްތަކުގެ ތެރޭގައި ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ މަޑިހާ މަރުކާގެ ބާސްމަތީ ހަނޑޫ ހިމެނެއެވެ. 5 ކިލޯގެ ބާސްމަތީ ހަނޑު ބަސްތާއެއް ވިއްކަނީ ޖީއެސްޓީ އާއިއެކު އެންމެ 108 ރުފިޔާއަށެވެ.

މީގެ އިތުރުން މަޑިހާ މަރުކާގެ ޕާޕަރު ބޮނޑިއެއް ވިއްކަނީ އެންމެ 5 ރުފިޔާއަށެވެ. 

މިބާވަތްތަކުގެ އިތުރުންވެސް ގިނަ ބާވަތްތަކުގެ ތަރުކާރީ، މޭވާ، ކުކުޅު، ގެރިމަސް، ބަކަރިމަސް ފަދަ ބާވަތްތައްވެސް ގެންދަނީ ހެޔޮ އަގުގައި ވިއްކަމުންނެވެ.

 

މިއަދު އޮންލައިން