ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. އުމުރުފުޅުން 55 އަހަރުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ޝުޢައިބު އަވަހާރަވިއެވެ.
ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޝުލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ، ދިވެހި ޤައުމަށް އަދި ވަކީން ޚާއްޞަކޮށް ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އެމަނިކުފާނު ވަނީ 23 އަހަރަށް ވުރެ ދށް ވުރެ ދިގު މުއްދަތަކަށް، ފަނޑިޔާރުކަމުގައި ޤައުމަށް މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާކުރައްވައި ތަރުބިއްޔަތުކޮށްދެއްވި އެދުރެއްގެ ގޮތުގައިވެސް އެމަނިކުފާނަކީ ޚާއްޞަ ޚިދުމަތްތެރިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މަރުޙޫމް ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށާއި، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތް މިންވަރުކުރެއްވުމަށް ރައީސް ދުޢާ ކުރެއްވިއެވެ.
އަލްމަރުޙޫމް ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ކަށު ނަމާދު އޮންނާނީ މިރޭ 23:00 ގައި އާސަހަރާ މިސްކިތުގައެވެ. އެމަނިކުފާނު ވަނީ 11 އަހަރަށްވުރެ ގިނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.