ދިރިއުޅުމުގެ ކަންކަން އަބަދު އެއް ގޮތަކަށް ނުދާނެއެވެ. ހިތް ނުއެދޭ އެތައް ކަމެއް ކުރިމަތިވާނެއެވެ. ދަތި އުނދަގޫ ޙާލަތުތައް އަބަދުވެސް ކުރިމަތިވާނެއެވެ. ހިތްދަތިކަންވެސް ތަޙައްމަލުކުރަން ޖެހޭނެއެވެ.
އުފަލުގައި ދިރިއުލެމުން ދަނިކޮށް ކުއްލިއަކަށް ބައިވެރިޔާ މަރުވުމާއި ކައިވެނި ރޫޅި އެކަނިވެރިވާންޖެހުން ފަދަ އެތައް ކަމެއް އަބަދުވެސް ކުރިމަތިވާނެއެވެ. އެކަންކަން ކުރިމަތިވުމަކީ ޚާއްޞަކަމެއް ނޫނެވެ. އެއީ އެންމެންނަށްވެސް މެދުވެރިވާ ޢާންމު ކަންކަމެވެ. ވަކިމީހަކަށް ޚާއްޞަ ކަމެއް ނޫނެވެ.
ދޮރެއް ބަންދުކުރައްވަވައިފިނަމަ ޔަޤީންކުރަންޖެހޭނެ ކަމަކީ އިތުރު ދޮރުތަކެއް ހުޅުއްވަވައި ދެއްވަވާނެ ކަމެވެ. ކޮންމެ ހިތްދަތިކަމަކާއިއެކު އުފާވެރިކަމެއް ވާނެކަމަށް ޤުރްއާނުގައި އޮތް ވަޙީބަސްފުޅަށް އަބަދުވެސް އިތުބާރުކުރަންވާނެއެވެ.
ބުނަން ހެއްޔެވެ؟ ނުކުމެވޭނެ އެއްވެސް ދޮރެއް ނެތް ތަނެއްގައި ތިބާ ބަންދުވީއެވެ. ވަށައިގެން ހުރީ 4 ފާރުކަމަށްވެދާނެއެވެ. ފާރު ތަޅާލަން ބޭނުންކުރާނެ އެއްވެސް އެއްޗެއް ތިބާގެ އަތުގައި ނެތުމަކީ މައްސަލައެއް ނޫނެވެ. އެޙާލަތުގައި ބިސްމިﷲ ކިޔައި ފާރުގައި އަތުން ތަޅާށެވެ! އެކަން ހުއްޓައިނުލާށެވެ! ވަޤުތު ޖެހުމުން ފާރު ވެއްޓޭނެއެވެ. މާނައަކީ އެތަނުން ތިބާއަށް ނުކުމެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވާނެ ކަމެވެ. ތިބާ އެތަނުން ނެރުއްވަވާނެ ކަމެވެ.
ދެން ވިސްނާލަން އޮތް ކަމަކީ ދަތިޙާލަތު ނުވަތަ ހިތްދަތިކަން ކުރެއްވެވީ ތިމާއަށް ލައްވަވަން އޮތް ރަޙުމަތުގެ ބޮޑުކަމުންކަން އަބަދުވެސް ޔަޤީންކުރަންވާނެއެވެ. އެކަމުގައި ޔަޤީންކަމުގައި ހުންނަ މީހަކަށް އަބަދުވެސް ދާނީ ހެޔޮގޮތްގޮތް މެދުވެރިވަމުންނެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން