އެއީ އަލަށް އިސްލާމްވި ޢުމުރުން 14 އަހަރުގެ ކުއްޖެކެވެ. އޭނާ އިސްލާމްވެ އިސްލާމިކް ސްކޫލަކަށް ކިޔަވަންދާން ބޭނުންވުމުން އޭނާގެ މައިންބަފައިން ނިންމީ އޭނާގެ ކިޔެވުމަށް ޚަރަދުނުކުރާށެވެ. އެހެންވެ ސްކޫލަށް ފީ ދައްކާނެ ފައިސާ ހޯދަނީ ރޭގަނޑު އޭނާގެ ބޮޑުބޭބެގެ ފިހާރައެއްގައި މަސައްކަތްކޮށްދީގެންނެވެ.
އެކަމަކު އެކުއްޖާގެ ހިތަކު މައިންބަފައިންނަށް ޙަސަދަވެރިކަމެއް އަދި ރުޅިވެރިކަމެއްވެސް ނެތެވެ. އޭނާ ބުނަނީ އޭނާ އަދި މިހުރީ މައިންބަފައިންގެ ބެލެނިވެރިކަމުގެ ދަށުގައި ކަމަށާއި އެމީހުންނަށް އިޙްތިރާމްކުރާ ކަމަށެވެ.
ދެން އަހުރެން އޭނާ ކިޔަވާ ސްކޫލުގެ ޕްރިންސިޕަލާއި ބައްދަލުކޮށް އެކުއްޖާގެ ފީ ދައްކަން އެއްވެސް މުސްލިމަކު ޝައުޤުވެރިނުވަނީ ކީއްވެގެންތޯ އާއި އެކުއްޖާއަށް ހިލޭ ކިޔަވައި ނުދެނީ ކީއްވެގެންތޯ ސުވާލުކުރީމެވެ. ޖަވާބުގައި ޕްރިންސިޕަލް ބުނީ "ކުޜާނީ ކީއްހެއްޔެވެ؟ ކުއްޖާ ބުނަނީ އެއްވެސް މީހެއްގެ އެހީތެރިކަން ބޭނުން ނުވާކަމަށެވެ. މިއީ އަހުރެން ހޯދި ދީން ކަމަށާއި މިދީނުގައި ކުރިއަށްދާނީވެސް ދިރިއުޅުމުގަ ކުރިއަށްދާނީވެސް އަމިއްލަ މަސައްކަތުން ކަމަށެވެ."
އެހިސާބުން އަހުރެން ޙައިރާންވެ އަންތަރީސްވީމެވެ. ކެނެޑާފަދަ ހުރިހާ ދީންތަކެއް އޮތް ޤައުމެއްގައި، ހުރިހާ ކަމެއް ހުއްދަ ޤައުމެއްގައި އިސްލާމް ދީނުގައި ޘާބިތުވުމަށް މިހައި ބޮޑު ހިތްވަރެއް ކުއްޖާއަށް ލިބިގެންހުރީތީއެވެ.
ކޮންމެއަކަސް އަހުރެމެންނަކީ މުސްލިމުންނެވެ. އަހުރެމެންގެ ދަރިން ކިޔަވަން މިފޮނުވަނީ މުސްލިމް ސްކޫލްތަކަށެވެ. ދީނުގައި ކުދިންގެ ޘާބިތުކަން ހުރީ ކިހައިވަރަކަށް ކަމާއިމެދު ކޮންމެ ބެލެނިވެރިއަކުވެސް ވިސްނައިލުން ރަނގަޅުވާނެއެވެ.
- މުސްލިމް ޢިލްމްވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެއް