މީސްތަކުން މިއަދު ސަމާލުކަން ދެނީ ދުނިޔޭގެ އުފާތަކަށެވެ. ތަނަވަސްކަމުގައި ކުރިއަރައިދިއުމަށެވެ. ބާރު ލިބުމަށެވެ. އެހެންވެ ޤިޔާމަތް ދުވަހާއި އަދި ޤިޔާމަތްވުމާއިމެދުގައިވެސް އޮންނަނީ ވިސްނައިނުލެވިފައެވެ.
ﷲ ތައާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"ފަހެ، ފާޅުވެގެންވާ ދުމަކާއިގެން އުޑު އަންނަނިވި ދުވަހަށް އިންތިޒާރުކުރާށެވެ!"
"އެ، ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެއުރެން ބުނާނެތެވެ.) މިއީ ވޭންދެނިވި ޢަޛާބެކެވެ!:
(އައްދުކާން: 10،11)
ދުނިޔެ ނިމުން މިވަނީ ވަރަށް ގާތްވެފައެވެ. މި ބިޔަ ބޮޑު ދުންގަނޑު އަދި ނުފެނުނުނަ ނަމަވެސް ދައްކަވާނެ ވަޤުތެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ޤިޔާމަތް ދުވަހާއި މަޙްޝަރު މައިދާނަށް މީސްތަކުން މިތިބީ ޣާފިލުވެގެންނެވެ. އަބަދުވެސް ބުނަމުން މިއަންނަފަދައިން ދުނިޔެ ނިމެން އަދި އަހަރުތަކެއް ނަގައިފާނެއެވެ. އަހަރެމެންގެ ޙަޔާތް ހަމަ މިވަޤުތުވެސް ނިމިގެންހިނގައިދާނެއެވެ.
އެންމެ މުހިންމު ކަމަކީ ތިމާގެ ނިމުން އައިސް ބައްދަލުކުރާނެ ވަޤުތައް ތައްޔާރުވެގެން ތިބުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން