އަމިއްލަ ދަރިންނާ ދޮންދަރިންވެސް ތަފާތުކުރަން ހުއްދަނޫންއިރު އަމިއްލަ ދަރިންގެ މެދުގައި ތަފާތުކުރަން ހެޔޮނުވާނެ! އެއީ ޢަޛާބާ ކުރިމަތިލާންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
އަމިއްލަ ދަރިންނާ ދޮންދަރިންވެސް ތަފާތުކުރަން ހުއްދަނޫންއިރު އަމިއްލަ ދަރިންގެ މެދުގައި ތަފާތުކުރަން ހެޔޮނުވާނެ! އެއީ ޢަޛާބާ ކުރިމަތިލާންޖެހޭނެ ކަމެއް!

އިސްލާމް ދީނަށް ބަލައިފިނަމަ އަމިއްލަ ދަރިންނާއި ދޮންދަރިން ތަފާތުކުރުމަކީވެސް ހުއްދަކަމެއް ނޫނެވެ. ކަންކަން ކޮށްދޭންޖެހޭނީ އެއްގޮތަކަށެވެ. ތަފާތުކުރުމެއް ނެތިއެވެ. އަނެކާގެ ދަރިން ތިއްބައި ކައިވެނިކުރަނީ އަމިއްލައަށެވެ. ކައިވެނިކުރތުމަށްފަހު ދޮންދަރިންކަމުގެ ވާހަކަ ނުދެއްދޭނެއެވެ. އެކުދިންވެސް ވާނީ ހަމަ ދަރިންނަށެވެ!  

ކަންމިހެން އޮތް އިރު އަމިއްލަ ދަރިންގެ މެދުގައި ތަފާތުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އެގޮތަށް ކަންތައް ކުރާނަމަ އެކުރެވޭކަމަކީ ނުބައި މީހުން އެމީހުންގެ ދޮންދަރިންނާއިމެދު ކަންތައްކުރާ ގޮތަށް ކަންތައްކުރުން ނޫން ހެއްޔެވެ؟  

ޙަދީޘްފުޅުގައި އޮތީ ހުރިހާ ދަރިންގެ މެދުގައިވެސް ހަމަހަމަކުރުމަށެވެ. ފރިހެންދަރިންނަށް ލޯބިދޭ މިންވަރަށް އަންހެންދަރިންނަށްވެސް ލޯބިދިނުމަށެވެ. ފިރިހެން ކުއްޖަކަށްވީތީ ނުވަތަ އަންހެން ކުއްޖަކަށްވީތީވެސް ލޯބިދިނުމުގައި އެއްވެސް ތަފާތެއް ނުކުރުމަށެވެ. ވީމާ އެކަން އެގޮތަށް ނުކުރާނަމަ އެމީހަކަށް އެދެވެނީ ދީނުގައިވާ ގޮތުން ބޭރުވެވިގެންނެވެ. އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ސުވާލު: އުމުރު ފެށުނީއްސުރެ މަގޭ މަންމައާއި ބައްޕަ މަގޭ ދެކެ ނަފުރަތުކުރޭ. ދިނިއްޔާ ދީފަ ހުރީ ހުސް ހިތްދަތިކަން. މިހާރު އުމުރުން 34 ވީ. ހާލަތު ހުރި ގޮތުން އެ މީހުންގެ ގެދޮރުގައި އުޅެން ޖެހެނީ. އެކަމަކު ފިރިހެން ދަރިން ވަރަށް ތަފާތުކުރޭ. ހިތްދަތިވާހާ ގޮތްގޮތަށް އެއްޗެހިކީމަ ދެން ކެތްނުވެގެން އަޑުލައި ޒުވާބުކުރީމާ އަހަރެން ވަރުގެ ގޯސް މީހެއް ނެތް. ހަދާނެ ގޮތް ހުސްވެއްޖެ. މި ކަމުން ސަލާމަތްވާން މަރުވާން އެތައް ފަހަރަކު ހިތަށް އަރާ. އެކަމަކު އަޅުގަނޑަކީ ވަރަށް ފިނޑި މީހެއް. ކޮބާ މި ކަމަށް އޮތް ހައްލަކީ؟ 

ޖަވާބު: މައިންބަފައިންގެ ފަރާތުން ހިތްދަތިކަން ލިބިފައިވީ ނަމަވެސް އެ މީހުންނާ ޒުވާބުކުރަން ނުހަދާށެވެ. އެ މީހުން ގޯސްކޮށް ކުރި ކަމެއްގެ ޝަޒާ އެ މީހުންނަށް ލިބޭނެއެވެ. ނަމަވެސް އޭގެ ބަދަލުގައި ތި ފަރާތުން ވެސް އެ ގޮތަށް ކަންތައް ކުރީމާ ތި ފަރާތަށް ވެސް ލިބޭނީ ގެއްލުމެވެ. ވީމާ ކެތްތެރިކަން އިސްކޮށް، ﷲ ގެ ޙަޟްރަތުގައި ދުޢާކުރަމުން ގެންދާށެވެ. އިން ޝާ ﷲ ކޮންމެވެސް ދުވަހަކު ހައްލެއް ލިބޭނެއެވެ. 

އިތުރު ސުވާލެއް:  

ސުވާލު: ދުނިޔެމަތީގައި މައިންބަފައިންނާ މެދު ނުބައިކޮށް ކަންތައްކުރާ ދަރީންނަށް އެކަން ދުނިޔެމަތީގައި ދައްކަވާނެ ކަމަށް އަޑުއަހަން. މި ކަން ސާފުކޮށްދެއްވަފާނަންތޯ؟ 

ޖަވާބު: ވަރަށް ގިނަ ފަހަރަށް އެ ގޮތަށް ވާ ތަން ވަނ ދުނިޔެމަތިން ފެނިފައި 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން