ސައިންސްގެ ހޯދުންތަކުން އެނގޭގޮތުގައި ސިކުނޑީގެ ވިސްނުމުގެ އެންމެ މުހިންމު ބައިވަނީ ނިތްކުރި އާއި އެންމެ ގާތުގައވެ. އަދި އެބައިގެ ނާރުތައް ވަނީ ނިތްކުރިއާއި ގުޅިފައެވެ.
އަހުރެމެން ސަޖިދަކުރަން ބިންމަތީގައި ޖައްސަނީ ނިތްކުރިއެވެ. ހިތް ވަނީ މާމަތީގައެވެ. މިކަމުން ލިބެންޖެހޭ މެސެޖެއްވެއެވެ. އެއީ ސިކުނޑީގެ ބޭނުން އެންމެ މުހިންމު ނަމަވެސް ސިކުނޑިއަށްވުރެ މަތީގައި ހިތްވާ ކަމެވެ.
ވިސްނާށެވެ! ސިކުނޑި މަސައްކަތްކުރަނީ ހިތްބޭނުންވާ ގޮތަކަށެވެ. ސިކުނޑި ކަންކަން ކުރަނީ އެކަމެއް ކުރަން ހިތް ބޭނުންވުމުންނެވެ. މިއީވެސް ސައިންސުގެ ހޯދުންތަކުން މިހާރުވެސް އެނގިފައިވާ ކަންކަމެވެ.
މިދެއްކި ހުރިހާ ވާހަކައެއްގެވެސް ޚުލާޞާއަކީ އިންސާނާގެ ކާމިޔާބީ ގުޅިފައިވަނީ ހިތާއިއެވެ. އަދި ފޭލްވުންވެސް ގުޅިފައިވަނީ ހިތާއިއެވެ. ވީމާ ހިތް ޠޯހިރުކުރަން މަސައްކަތްކުރާށެވެ! ހިތް ކިޔަމަންތެރިކުރަން މަސައްކަތްކުރާށެވެ! ހިތުގެ މައްޗަށް ބާރުފޯރުވައި ކޮންޓްރޯލްކުރާށެވެ! ފާފަކުރުމުން ސަލާމަތްވެވި އަދި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުންމަތީގައި ހުރެވޭނީ އެއިރުންނެވެ.
އަދި ކީއްހެއްޔެވެ؟ ދެމަފިރިންގެ މެދުގައި ބާއްވަންޖެހޭ ގުޅުން ބާއްވައި އެކަކު އަނެކަކަށް ލޯބިދީ ރަޙުމްކޮށްގެން ކާމިޔާބު ދިރިއުޅުމެއް އުޅެވޭނީ އެއިރުންނެވެ. ހިތުގެ މައްޗަށް ބާރުފޯރުވައި ކޮންޓްރޯލް ނުކުރެވިއްޖެނަމަ އެމީހެއްގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެއެވެ.
މިހުރިހާ ވާހަކަތަކެއް ކުރުކޮށްލައި ޖަމާކޮށްލާފައި ހަވާ ނަފްސަށް ނުހެއްލިކުރުން ކަމަށް ބުނެވެއެވެ. އަހުރެން މިދިނީ އެކަމުގެ އިތުރު ތަފްޞީލެވެ!
- އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން