ދަރިފުޅު އުފަންވާތާ ހަތްވަނަ ދުވަހު ނަން ނުކީއްޖެނަމަ ނަން ކިޔަން ދެން އޮތް އެންމެ ރަނގަޅު ދުވަސް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
ދަރިފުޅު އުފަންވާތާ ހަތްވަނަ ދުވަހު ނަން ނުކީއްޖެނަމަ ނަން ކިޔަން ދެން އޮތް އެންމެ ރަނގަޅު ދުވަސް-

ދަރިފުޅަށް ނަން ކިޔޭނީ ޢަޤީޤާ ކަތިލައިގެން ކަމަށް ބައަކަށް ވިސްނުނަސް އެއީ އެގޮތަށް އޮތް ކަމެއް ނޫނެވެ. ވިހާ ދުވަހުވެސް ނަންކީދާނެއެވެ. ޢަޤީޤާ ފަހުންވެސް ކަތިލެވިދާނެއެވެ.  

ކަން އޮތް ގޮތް: 

ވިހާ ދުވަހު ވެސް ނަން ކީދާނެއެވެ. ޢަޤީޤާ ކަތިލުން ލަސްވިޔަސް ނަން ކީދާނެއެވެ. ދަރިފުޅުގެ ނަމަކީ މިވެނި ނަމެކޭ ބުނެލުމުން ނިމުނީއެވެ. ހަތްވަނަ ދުވަހު ޢަޤީޤާ ކަތިނުލެވިއްޖެ ނަމަ، ސާދަވަނަ ދުވަހުއެވެ. އެ ދުވަހު ނުވެއްޖެ ނަމަ އެކާވީސް ވަނަ ދުވަހުއެވެ. އޭގެ ފަހުން ބޭނުން ދުވަހެއްގައި ކަތިލެވިދާނެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން