ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމަށް ޚާރިޖީ ވަޒީރު ޑރ.ޚަލީލްގެ ޝުކުރުދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމަށް ޚާރިޖީ ވަޒީރު ޑރ.ޚަލީލްގެ ޝުކުރުދަންނަވައިފި

ޕާކިސްތާން އިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސުލް ލޯދި އާއި ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލްގެ މިއަދު ބައްދަލުކުރައްވައިފިއެވެ.  

ފޮރިން މިނިސްޓްރީގައި  ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ ޚަލީލް ވަނީ ސަފީރު ފައިސަލް ރަސުލް ލޯދި އަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޕާކިސްތާން ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކޮށް އެކަމަށް ޝުކުރުދަންނަވައި ދިވެހިރާއްޖެ އާއި ޕާކިސްތާން އާ ދެމެދު މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. 

ސަފީރު ފައިސަލް ރަސުލް ލޯދި ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ދެމެދު ގައި އޮތް ގާތް ގުޅުން ބަދަހިކޮށް، ދެޤައުމަށް ވެސް ފައިދާ ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. 

މި ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެރީނާ އަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީ އަދި ޑިރެކްޓަރ އަޝީރު އަބްދުލް އަޒީޒް ބައިވެރިވެ ވަޑައިގަތެވެ. ޕާކިސްތާނުގެ ސަފީރުގެ އަރިހުގައި އެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ޒުލްޤަރުނައިން އަޙްމަދު ބައިވެރިވިއެވެ.

 

މިއަދު އޮންލައިން