55 ރަށެއްގެ ކައުންސިލް އިދާރާ އަލުން ޢިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
55 ރަށެއްގެ ކައުންސިލް އިދާރާ އަލުން ޢިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 55 ރަށެއްގެ ކައުންސިލް އިދާރާ އަލުން ޢިމާރާތްކުރުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯގެ 5 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި، ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މި ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޕާރމަނަންޓް ސެކްރެޓަރީ ޑޮކްޓަރ ފާޠިމަތު މުނާއެވެ. ހެކްސްޓަރ ގްލޯބަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޢަލީ ޝަރީފެވެ.

މިއަދު ސޮއިކުރެވުނު މަޝްރޫޢުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް ފެށި، އެ ޢިމާރާތްތަކުގެ ފަސޭހަކަން ކައުންސިލުތަކަށް ކުރިއަށް އޮތް އަހަރުތެރޭ ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެ ނިޒާމުގެ ދަށުން ރާއްޖޭގެ އިދާރީ ދާއިރާތައް ބާރުވެރި ކުރުމަށް މުހިންމު ފިޔަވަޅުތަކެއް މި ސަރުކާރުން އަންނަނީ އަޅުއްވަމުންނެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި، ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މިއަދު އޮންލައިން