އަނބިމީހާގެ ވާހަކަ ޝަކުވާގެ ގޮތުގައިނަމަވެސް ގިނަވާނަމަ އެއީ ހެޔޮ ފާލެއް! ޝަކުވާ ނުކުރާނަމަ އެއީ މާބޮޑު ނުރައްކަލެއް! އިންޒާރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަނބިމީހާގެ ވާހަކަ ޝަކުވާގެ ގޮތުގައިނަމަވެސް ގިނަވާނަމަ އެއީ ހެޔޮ ފާލެއް! ޝަކުވާ ނުކުރާނަމަ އެއީ މާބޮޑު ނުރައްކަލެއް! އިންޒާރެއް!

ބައެއް މީހުން އެންމެ ރުޅި އަންނަ އެއްކަމަކީ ވާހަކަ ދެއްކުން ގިނަވެ އަދި އަނބިންގެ ޝަކުވާތައް ގިނަވުމެވެ. ނަމަވެސް އެކަމަށް ރުޅިއައުމުގެ ކުރިން ވިސްނާލަންޖެހޭނެ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. 

ވާހަކަ އެގިނަވަނީ ފިރިމީހާ އާއި ގިނައިން ޥާހަކަދައްކަން ބޭނުންވާތީއެވެ. ވީމާ އެކަމަށް އުފާކޮށް އަޑުއަހައި ޖަވާބުދޭށެވެ. އަދި ޝަކުވާ ގިނަވާނަމަ އެކަމުން އަންގައިދެނީ ލޯބިވާކަމާއި މައްސަލަތައް ޙައްލުކޮށްގެން އެކުގައި އުޅެން ބޭނުންވާ ކަމެވެ. އެކަމަށްވެސް އުފާކޮށް ޝަކުވާތައް އަޑުއަހައި އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރާށެވެ! 

ދެން އޮތީ އަނބިމީހާ ވާހަކަދެއްކުން މަދުކޮށް އެއްވެސް ޝަކުވާއެއްވެސް ނުކޮށް ހުރުމެވެ. މިއީ ވަރަށް ނުރައްކައުތެރި ޙާލަތެކެވެ. އެކަމުން އަންގައި އެދެނީ ޝަކުވާކުރިޔަސް ކުރާނެ ފައިދާއެއް ނެތްކަން ޤަބޫލުކުރެވޭތީ ޝަކުވާކުރުމުން "އިސްތިޢުފާދިނީ" ކަމެވެ. 

ބުނަން ހެއްޔެވެ؟ ޠަބީޢީ ގޮތުން ބަސްމަދު އަންހެނަކު ފިޔަވައި އަންހެނަކު އެގޮތަށް މަސްމަދުކޮށްފިނަމަ އެއިގެ މާނައަކަށް ގިނަ ފަހަރު ވެފައި އޮންނަނީ އޭނާ އެހުރީ މިސްރާބު ބަދަލުކުރަން ތައްޔާރުވެގެން ކަމެވެ. އިށީންނާނެ ގަލެއް ފެންނައިރަށް އުދުހިގަންނާނެ ކަމެވެ. 

ވީމާ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ! އަދި މިވާހަކަ އަނބިންގެ ޥާހަކައިން މިކިޔައިދިނީ މި މައްސަލަ ގިނައިން ފެންނާނީ އަނބިންގެ ފަރާތުން ކަމަށްވާތީއެވެ. ފިރިންގެ ފަރާތުން މިމައްސަލަ ފެނުން މަދުވާނެއެވެ. އެއީ ގިނަ ފިރިން ވިސްނަން މަޑެއް ނުކުރާނެއެވެ. ފަސޭހައި ހަށިފޮޅައިލެވޭނެތީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

މިއަދު އޮންލައިން