ތިބާގެ ގެ ކިތަންމެ ކުޑަވެފައި ފަޤީރަސް ތިބާގެ ގެއަށް ރަހްމަތުގެ މަލާއިކަތުންގެ ފައިޖުތައް ވަދެވަޑައިގެން ގޭގަ މަޑުކުރައްވަވާނެ ގެއަކަށް ހެދޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ތިބާގެ ގެ ކިތަންމެ ކުޑަވެފައި ފަޤީރަސް ތިބާގެ ގެއަށް ރަހްމަތުގެ މަލާއިކަތުންގެ ފައިޖުތައް ވަދެވަޑައިގެން ގޭގަ މަޑުކުރައްވަވާނެ ގެއަކަށް ހެދޭނެ މަގު-

ގެކިތަންމެ ބޮޑުވެފައި ތަނަވަސްނަމަވެސް ގޭގައި ފިތުނަ ފަސާދަ ބޮޑުވެ ދިރިނުއުޅެވިގެން މިއުޅެނީ  އެގެއްގައި ޝައިޠޯނުންތައް ބަނޑަހަ ޖަހާތީއެވެ. އެއިގެ އަނެއްކޮޅުވެސް އެބައޮތެވެ. އެގެއަކީ ކިތަންމެ ކުޑަވެފައި ފަޤީރު ގެއެއް ނަމަވެސް ރަހްމަތުގެ މަލާއިކަތުންގެ ބޮޑެތި ފައުޖުތައް ވަދެވަދައިގެން ގޭގައި މަޑުކުރައްވަވާ ގެއަކަށް ހެދިދާނެއެވެ. އެއިރުން ގޭގެތެރެއިން ފެންނާނެ ހެޔޮ ބަދަލު ނިކަން ހިތަށް ގެނެސްބަލާށެވެ!

މިކިޔައިދެނީ އެކަމަށް އެދިގެން ޢަމަލުކުރަން އޮތް ގޮތެވެ!

ގޭގަލާ ރީތިކުލައަކުން ނުވަތަ ގިނަ ބުރިތަކަށް ގެ އުފުލުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ތިބާގެ ގެ ކިތަންމެ ކުޑަ ނަމަވެސް އެއްވެސް ކުލައެއް ނުލާހުރި ނަމަވެސް ތިބާގެ ގޭގެ ވިދުވަރު އުޑާއި ހަމައަށް ފޯރުވާލަން ވެސް ފުރުޞަތު އެބައޮތެވެ. އެކަމަށް އެދޭނަމަ ކުރަން އޮތް ކަމަކީ ގޭގައި ޤުރްއާން ކިޔެވުން ގިނަކުރުމެވެ. މަޤްޞަދު ޙާޞިލުކުރަން ގޭގެ އެންމެން ވީހައި ގިނައިން ޤުރްއާން ކިޔަވާށެވެ!

ދެން އޮތީ ގެއަށް އެންމެ މުހިންމު، ޝަރަފުވެރި ޢިއްޒަތެރި މެހްމާނުން ވެއްދުމެވެ.

އެގެއެއްގައި ނަމާދުކޮށް ކީރިތި ޤުރްޢާން ކިޔަވާނަމަ އެގެއަކަށް މަލާއިކަތުންގެ ބޮޑެތި ފައުޖުތައް ޒިޔާތްކުރައްވަވަތެވެ. ޤުރްއާން ކިޔަވާ އަޑު އައްސަވަން ގޭގައި މަޑުކުރައްވަވަތެވެ! ނިކަން ބުނެބަލާށެވެ! މުހިންމީ ދުނިޔޭގެ ހުރިހާ ލީޑަރުން ގެއަށް ޒިޔާރަތްކުރުން ހެއްޔެވެ؟ ރަޙްމަތުގެ މަލާއިކަތުން ވަދެވަޑައގަތުން ހެއްޔެވެ؟

ރަޙްމަތުގެ މަލާއިކަތުން ގެއަކަށް ވަދެވަޑައިގަންނަވަންވުމުން ބައްލަވަނީ ގޭގެ ރީތިކަމާ ލާފައިހުރި ކުލައަކަށާއި ބޮޑުމިނަށާއި ގޭގައިހުރި ފަރުނީޗަރުގެ އަގަށާއި ބުރިބުރިއަށް އުސްކޮށްފައިވާ ވަރަކަށް ނޫނެވެ. އެގެއެއްގައި ﷲ ތަޢާލާ ހަނދުމަކޮށް ﷲ ތަޢާލާއަށް އަޅުކަންކުރެވޭ މިންވަރަށެވެ! ނަމާދުކޮށް ޛިކުރުކޮށް ޤުރްއާންކިޔަވައި ހަދާ މިންވަރަށެވެ!

ވީމާ ތިބާގެ ގެއަށް ރަހްމަތުގެ މަލާއިކަތުން ވަދެވަޑައިގަތުން ގިނަކުރުމާއި ނުކުރުން އޮތީ ތިބާގެ އަތްމަތީގައެވެ! ޔަޤީންކުރަންވީ ރަޙްމަތުގެ މަލާއިކަތުން ވަދެވަޑައިގަންނަވާ މިންވަރު ގިނަވިވަރަކަށް އެގެއެއްގައި ބަރަކާތް އިތުރުކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ

ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހެއްގެ ގެއަކީ އެންމެ ފުރިހަމަ އެންމެ ރީތިގެއަކަށްވުމަށެވެ. ގޭގެ އުޖާލާކަން ވީހައި ދުރަށް ދައްކާށެވެ! އެހެންވެ ގެދޮރު ވީހައި އުހަށް އުފުލައި ތަފާތު، ރީތި ކުލަތައްލައި ވިދުވަރު ގަދަކުރަން މަސައްކަތްކުރެއެވެ. ނަމަވެސް މިބަޔާންކުރި ކަންކަމަށް ވިސްނަނީ ވަރަށް މަދު މީހެކެވެ. ވީމާ ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން