ހަނދުމަކޮށްދިނުމެއް!: ނަމާދުކުރާއިރު ޝައިޠޯނާގެ އުނދަގޫތަކުން ސަލާމަތްވާން އަޢޫޛް ކިތަންމެ ގިނައިން ކިޔަންޖެހުނަސް ކިޔައި ދުރަށް ފެއްސުން ހުއްދަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ހަނދުމަކޮށްދިނުމެއް!: ނަމާދުކުރާއިރު ޝައިޠޯނާގެ އުނދަގޫތަކުން ސަލާމަތްވާން އަޢޫޛް ކިތަންމެ ގިނައިން ކިޔަންޖެހުނަސް ކިޔައި ދުރަށް ފެއްސުން ހުއްދަ!

ނަމާދަށް ހުއްޓި ހުންނައިރު ނުވަތަ ނަމާދުކުރަން ފެށުމުން އެމީހަކު ނަމާދުން ބޭރުކުރަން ޝައިޠޯނާއަށް ކުރެވުނުހައި މަސައްކަތެއް ކުރާނެއެވެ. އެކަމުގެ ވާހަކަތައް ޙަދީޘްފުޅުތަކުން އެހުރީ ފެންނާށެވެ. އެކަމުން ސަލާމަތްވެވޭނެ މަގު ނުވަތަ ސަލާމަތްވާން ކުރަން އޮތް އަމަލުވެސް ފެންނަން އެބައޮތެވެ. 

ނަމާދަށް ހުންނައިރު ޝައިޠޯނާގެ ކިބައިން އުނދަގޫތައް ފޯރުމަކީ މިއަދު ފެށިގެންއުޅޭކަމެއް ނޫނެވެ. ރަސޫލް ގެ ޒަމާނުގައި ޞަޙާބީންނަށްވެސް އެކަމާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ.  

އަސްޙާބު ބޭކަލަކު ރަސޫލުﷲ ()ގެ އަރިހައްވަޑައިގެން ނަމާދުގައި ހުންނަވާއިރު ވަސްވާސްވަންނަ ކަމުގެ ޝަކުވާ ކުރެއްވެވުމުން ހަދީޘް ކުރެއްވިއެވެ. "އެއީ "خَنْزَبٌ" އޭ ކިޔުނު ޝައިޠާނެއްގެ ވަސްވާހާއި އުދަނގޫތަކެވެ. މިފަދަކަމެއް ކުރިމަތިވެއްޖެނަމަ އަޢޫޛުކިޔައި ވާތްފަރާތައް ތިންފަހަރު ފުމެލާށެވެ!" 

އެބޭކަލުން އެކަން ނެންގެވީ ވަރަށް ބޮޑުކަމެއްގެ ގޮތުގައެވެ. އެހްންވެ ޠާއިފުން ދަތުރު ހައްދަވައިގެން މަދީނާއަށް ވަޑައިގެން އެ މައްސަލަ ރަސޫލް އަށް ހުށަހެޅުއްވެވިއެވެ. އެއީ އެކަމާއި ކަންބޮޑުވެވަޑައިގެންނެވި މިންވަރު ބޮޑުކަމުންނެވެ.  

އަހުރެންގެ ސުވާލަކީ އަހުރެމެންނަށްވެސް ހަމައެކަން މެދުވެރިވަމުން އަންނައިރު އެކަމަށް އެބަ ކަންބޮޑުވެވޭހެއްޔެވެ؟ ނަމާދަށް ޙަރަމްބަނީންސުރެ ސަލާމްދެންދެން ވަސްވާސްދީ ނަމާދުން ބޭރުގައި ބަހައްޓުވާއިރު އެންމެފަހަރަކު ނަމަވެސް ޙަދީޘްފުޅުގައިވާ ފަދައިން ޢަމަލުކުރެވޭ ހެއްޔެވެ؟  

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ނަމާދަށް ޙަރަމްބަނީންސުރެ ޝައިޠޯނާ އުނދަގޫތައް ކުރިމަތިކުރުވާނެއެވެ. ތަފާތުވަސްވާސްތައްދީގެން ވިސްނުމުގެ މިސްރާބު ބަދަލުކުރުވާނެއެވެ. "خَنْزَبٌ" އަކީ ހަމައެކަނި އެކަމަށް ޚާއްޞަކުރެވިގެން ހުންނަ ޝައިޠޯނެކެވެ. "خَنْزَبٌ" ގެ ކިބައިން ސަލާމަތްވާން ކިތަންމެ ގިނަފަހަރު ކިޔަންޖެހުނަސް ޙަދީޘްފުޅުގައިވާ ފަދައިން އަޢޫޛްކިޔައި ޢަމަލުކުރާށެވެ.  

އެކަމަކުން ނަމާދަކަށް އެއްވެސް އުނިކަމެއް ނުއަންނާނެއެވެ. ލިބޭނީ އިތުރު ފުރިހަމަކަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން